News

ދަ ގްރާންޑޭ އެއްވެސް މެޗްއަކުން ބަލިނުވުމުގެ ސިލްސިލާއަށް އިތުރު ބޮޅެއް

30 ޖޫން 2019






ދިރާގް ދިވެހި ޕްރިމިއަރ ލީގްގައި މިއަދު ހަވީރު ދަ ގްރާންޑޭ އާއި ޔުނައިޓެޑް ވިކްޓްރީ ބައްދަލު ކުރިމެޗް މިއަހަރު އަލަށް ޕްރިމިއަރ ލީގަށް ކޮލިފައިވި ދަގްރާންޑޭ އިން ކާމިޔާބު ކޮށްފިއެވެ. މިމެޗް ދަ ގްރާންޑޭ އިން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާ އަކުންނެވެ.

މެޗްގެ ފުރަތަމަ ހާފްގައި ދެޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔައީ ހަމަ ހަމަ ކުޅުމެކެވެ. ނަމަވެސް ދަ ގްރާންޑޭ އިން ވަނީ ފުރަތަމަ ހާފް ނިމުނު އިރު ދެގޯލްކާމިޔާބުކޮށްފައެވެ. މިދެ ގޯލަކީވެސް ޔޫވީގެ ގޯލްކީޕަރަށް ހެދުނުގޯހަކުން ވަން ދެގޯލެވެ. 

ދެވަނަ ހާފްގައި ދަ ގްރާންޑޭ އިން ވަނީ އިތުރު ގޯލެއްޖަހާ ލީޑު ފުޅާކޮށްފައެވެ. މިގޯލްް އެޓީމަށް ކާމިޔާބު ކޮށްދިނީ އަހްމަދު ނިޒާމްއެވެ. ދަ ގްރާންޑޭގެ ނިޒާމް އަދި ޔަޝްފާދު ގެ އިތުރުން އަޔާޒް ވަނީ މިމެޗްގައި މޮޅު ކުޅުމެއްދައްކައިފައެވެ. މެޗްގެ ފުރިހަމަ ވަގުތު ހަމަވި އިރު 3-0 ގެ ނަތީޖާއަކުން ދަ ގްރާންޑޭ ވަނީ މެޗް ކާމިޔާބު ކޮށްފައެވެ.

މިއަދުގެ މޮޅާއި އެކު 12 ޕޮއިންޓާއި އެކު ކުޅުނު ހުރިހާ މެޗްއަކުން މޮޅުވެ ދަ ގްރާންޑޭ އޮތީ ތާވަލުގެ އެއް ވަނައިގައެވެ. ޔުނައިޓެޑް ވިކްޓްރީ އޮތީ ތާވަލުގެ ހަވަނައިގައެވެ. 

ލީގްގައި މިރޭ ބައްދަލު ކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓެވެ. 

ފޮޓޯ: އެފްއޭއެމް

 

 

da grande Dhivehi Premier League DPL2019-20 FAM United Victory

Leave a Comment:

Comments will be published after moderation.