News

އިތުރު 14 ރަށެއްގައި ފުޓުބޯޅަ ދަނޑު އަޅަނީ

27 ޖޫން 2019






މިނިސްޓަރ އޮފް ޔޫތް އެންޑްް ސްޕޯޓްސް އަހްމަދު މަހްލޫފު މިއަދު ކުރެއްވި ޓްވީޓެއްގައި އިތުރު 14 ރަށެއްގައި ފުޓުބޯޅަ ދަނޑުތައް ތަރައްގީ ކުރުމަށް ނިންމާފައިވާކަން ހާމަކޮށްފިއެވެ.

މިނިސްޓަރ މަހްލޫފް ވިދާޅުވެފައިވަނީ މިއަހަރަށް ކަނޑައަޅާފައިވާ އެ 14 ރަށުގެ ކަންކަން ހަމަޖެއްސުމަށްޓަކައި ޓެންޑަރ ބޯޑަށް ވަރަށް އަވަހަށް ފޮނުވޭނެކަމަށެވެ. ދަނޑުތައް އެޅުމަށް ނިންމި ރައްތަކަކީ: މިލަންދޫ، މާކުރަތު، ވެލިދޫ، ތިމަރަފުށި،އިހަވަންދޫ، ހަނިމާދޫ، ކުޑަހުވަދޫ، މާފުށި، ކުޑަފަރި، ފުނަދޫ، ނޮޅިވަރަމް، ފޯކައިދޫ، ރަސްދޫ އަދި ދިއްގަރެވެ. 

ކުޅިވަރު ކުރި އެރުވުމަށް އެއްވެސް ކުޅިވަރެއް އިސްތިސްނާ ނުވާނެހެން ގިނަ މަސައްކަތްތަކެއް މި ދައުރުގައި ކުރައްވާނެކަމަށް މިނިސްޓަރ މަހްލޫފު ވަނީ ވިދާޅުވެފައެވެ.

ކުޅިވަރުތައް ކުޅޭނެ ތަންތަން ނެތުމުގެ ސަބަބުން އެކަން ހައްލު ކުރުމަށް އެކި ގައުމުތަކާއި ގުޅިގެން ހުރިހާ ކުޅިވަރަކަށް ލުއި ފަސޭހަ ގޮތްތައް ހޯދައި ދިނުމަށް މިނިސްޓަރ މަހްލޫފް ދަނީ މަސައްކަތް ތަކެއް ކުރަމުންނެވެ. 



Leave a Comment:

Comments will be published after moderation.