News

ދަ ގޭންގުގެ ޒުވާން ޓީމުގެ ޓްރަޔަލް ފަރިތަކުރުންތައް ކުރިއަށްދަނީ

12 ޖެނުއަރީ 2019






މި އަހަރު ދިވެހި ޕްރިމިއަރ ލީގަށް އަލަށް ވާދަކުރާ، ދަ ގްރޭންޑެ އަމީގޯސް ނިއު ޖެނެރޭސަން ސްޕޯރޓްސް ކްލަބް (ދަ ގޭންގް) އިން އެ ކްލަބުގެ ޒުވާން ޓީމުގެ ފަރިތަކުރުންތައްފަށައިގެން ކުރިއަށް ގެންދަން ފަށައިފިއެވެ.

ކުރިއަށް އޮތް ޔޫތް ފުޓްބޯޅަ މުބާރާތަށް ކުޅުންތެރިން ހޮވައި ޓީމަށް އެކުލަވާލުމަށް ބާއްވަމުން އަންނަ މި ޓްރަޔަލް ފަރިތަކުރުންތައް ކުރިއަށްދާއިރު މިހާތަނަށް ދެ ޓްރަޔަލްއެއް ވަނީ ކާމިޔާބުކަމާއިއެކު ނިންމާލާފައެވެ. ދަ ގޭންގް ސްޕޯރޓްސް ކްލަބް ގެ ފޭސްބުކް ޕޭޖްގައިވާގޮތުން އެ ކްލަބްގެ ތިންވަނަ ޓްރަޔަލް އޮންނާނީ މިރޭ 08:30 ގައެވެ.

ނިމިދިޔަ 2018 ވަނަ އަހަރުގެ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށް ދިވެހި ފުޓްބޯޅައިގެ އެއްވަނަ ޑިވިޝަނަށް ޕްރޮމޯޓްވެ، މި އަހަރުގެ ފުޓްބޯޅަ ސީޒަންގައި ދަ ގޭންގް އިން އަލަށް ފެނިގެންދާނެއެވެ.

ކްލަބް ގްރީން ސްޓްރީޓަކީ އެފް.އޭ.އެމް ގެ ޔޫތް ޗެމްޕިއަންޝިޕުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. މިދިޔަ އަހަރު ގްރީން ސްޓްރީޓުން މުޅިން އަލަށް ޔޫޓް ޗެމްޕިއަންޝިޕަށް ނިކުމެ ތަށި ކާމިޔާބުކުރީ ޔޫތް ޗެމްޕިއަންޝިޕްގެ އެންމެ ކާމިޔާބު ޓީމު، ކްލަބް އީގަލްސްގެ މައްޗަށް ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ކުރި ހޯދައިގެންނެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) ގެ ފަރާތުން ޒުވާން ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވަމުންއަންނަ ޔޫތް ޗެމްޕިއަންޝިޕްއަކީ ޖަޕާން ފުޓްބޯލް އެސޯސިއޭޝަން (ޖޭ.އެފް.އޭ) ގެ އެހީތެރިކަމާއިއެކު ބާއްވަމުންއަންނަ މުބާރާތެކެވެ.

މިއަހަރުގެ އެފް.އޭ.އެމް ގެ ޔޫތް ޗެމްޕިއަންޝިޕް ފަށަން ހަމަޖެހިފައިވަނީ އަންނަ ފެބުރުއަރީ މަހުގެ 3 ވަނަ ދުވަހުއެވެ.

(ފޮޓޯ:ދަ ގޭންގް ފޭސްބުކް ޕޭޖް)

އެފް.އޭމް.އެމް 21 އަހަރުން ދަށުގެ ޔޫތް ޗެޕްޕިއަންޝިޕް ދަ ގޭންގް ސްޕޯރޓްސް ކްލަބް

Leave a Comment:

Comments will be published after moderation.