News

މާފަންނު ސްޓޭޑިޔަމްގައި އޮންނަ ޓާފް ފުޓްސަލް ދަނޑު މިއަދުން ފެށިގެން ދޫކުރާނީ ހިލޭ: މިނިސްޓަރ މަހްލޫފް

26 ޖޫން 2019






މީގެ ކުރިން 2000،1000، އަދި 500 ރުފިޔާއަށް ދޫކުރަމުން ގެންދިޔަ މާފަންނު ސްޓޭޑިޔަމްގައި އޮންނަ ފުޓުސަލް ދަނޑު މިއަދުން ފެށިގެން ހިލޭ އާންމުންނަށް ދޫކުރާގޮތަށް ނިންމާފައިވާ ކަމަށް ޔޫތު މިނިސްޓަރ އަހްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ. 

މިނިސްޓަރ މަހްލޫފުގެ ފޭސްބޫކް ޕޭޖްގައި ބުނެފައިވާ ގޮތުން ކޮންމެ ދުވަހެއްގެ މެންދުރު 14:00 އިން ފެށިގެން 18:00 އާއި ހަމައަށް އެދަނޑު އެފްއޭއެމް އަށް ދޫކުރެވިފައިވާ ކަމަށާއި އެނޫން ހުރިހާ ގަޑިތަކުގައި ކުޅެންދާން ބޭނުންވާ މީހުން ކުޅިވަރު އެކުވެނީގައި ނަން ނޯޓް ކުރެވޭނެ ކަމަށެވެ. 

ކުޅިވަރު ކުރި އެރުވުމަށް އެއްވެސް ކުޅިވަރެއް އިސްތިސްނާ ނުވާނެހެން ގިނަ މަސައްކަތްތަކެއް މި ދައުރުގައި ކުރައްވާނެކަމަށް މިނިސްޓަރ މަހްލޫފު ވަނީ ވިދާޅުވެފައެވެ.

ކުޅިވަރުތައް ކުޅޭނެ ތަންތަން ނެތުމުގެ ސަބަބުން އެކަން ހައްލު ކުރުމަށް އެކި ގައުމުތަކާއި ގުޅިގެން ހުރިހާ ކުޅިވަރަކަށް ލުއި ފަސޭހަ ގޮތްތައް ހޯދައި ދިނުމަށް މިނިސްޓަރ މަހްލޫފް ދަނީ މަސައްކަތް ތަކެއް ކުރަމުންނެވެ. 

 



Leave a Comment:

Comments will be published after moderation.