News
މެސީގެ ދެގޯލާއި އެކު ޔޫވީގެ މައްޗަށް ޓީސީއިން ކުރި ހޯދައިފި
25 ޖޫން 2019
ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ޔުނައިޓެޑް ވިކްޓްރީއާއި ޓީސީ ސްޕޯޓްސް ކްލަބް ބައްދަލު ކުރިމެޗް ޓީސީ ސްޕޯޓްސް ކްލަބުން ކާމިޔާބު ކޮށްފިއެވެ. ޓީސީ މި މެޗް ކާމިޔާބު ކޮށްގައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.
ފުރަތަމަ ހާފްގައި ދެޓީމުގެ ފަރާތުންވެސް ރީތި ކުޅުމެއް ފެނިގެންދިޔައެވެ. ފުރަތަމަ ހާފުގައި ގޯލަށް ނުރައްކާ ކުރެވޭވަރުގެ މާގިނަ ހަމަލާތަކެއް ދެޓީމަށްވެސް އުފެއްދިފައެއްނުވެއެވެ. ފުރަތަމަ ހާފް ނިމިގެންދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.
ދެވަނަ ހާފްގެ 69 ވަނަ މިނެޓްގައި ޓީސީގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ދިނީ އެޓީމުގެ އިސްމާއިލް އީސާ(މެސީ) މުޅިންހުސްކޮށް ހުރެ ގޯލްތެރެއަށް ފޮނުވާލައިގެންނެވެ. މެޗްގެ ފުރިހަމަ ވަގުތު ހަމަވާން 1 މިނެޓަށްވެފައި ވަނިކޮށް، މެޗްގެ 89 ވަނަ މިނެޓްގައި ޓީސީގެ އަތީގް ދިންބޯޅަ އަކުން ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިން މެސީވަނީ ޓީސީގެ ދެވަނަ ގޯލް ކާމިޔާބުކޮށްދީފައެވެ. މެސީވަނީ މިމެޗްގައި ރަނގަޅު ކުޅުމެއް ދައްކައިފައެވެ. މިމޮޅާއި އެކު ޕޮއިންޓް ތާވަލަށް ބަލާއިރު 7 ޕޮއިންޓް ލިބިގެން ޓިސީ އޮތީ ތާވަލުގެ ދެވަނައިގައެވެ.
ލީގުގައި މިރޭ ބައްދަލު ކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ނިލަންދޫ ސްޕޯޓްސް ކްލަބެވެ. މިމެޗް ފަށާނީ މިރޭ 21:00 ގައެވެ. މިފަހަރު ލީގު ކުޅެން ހަމަ ޖެހިފައިވަނީ ހްފާތެ ދެދުވަހު އެވެ.