News
ދަގަނޑޭ ގްރީންސް ސްޓްރީޓް ސަލާމަތްކޮށްދީފި
24 ޖޫން 2019
ދިރާގް ދިވެހި ޕްރިމިއަރ ލީގްގައި މިރޭ ކްލަބް އީގަލްސްއާއި ކްލަބް ގްރީން ސްޓްރީޓް ބައްދަލު ކުރި މެޗް 1-1 ގެ ނަތީޖާ އަކުން އެއްވަރުވެއްޖެއެވެ.
ބަލާހިތްވާ އަވަސް ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ 22 ވަނަ މިނެޓްގައި އީގަލްސްގެ ހަލުވި ފޯވާރޑް ރިޒްވާން ވަނީ އީގަލްސްގެ ފުރަތަމަ ގޯލް ކަމިޔާބު ކޮށްފައެވެ. އީގަލްސްގެ ފަރާތުން ފެނިގެންދިޔައީ ވަރަށް އޮގަނައިޒިން ގޭމެކެވެ. ފުރަތަމަ ހާފް ނިމިގެންދިޔައީ 1-0 ގެ ނަތީޖާ އަކުން އީގަލްސް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފްގައި ވެސް އީގަލްސް ފެނިގެންދިޔައީ ވަރުބަލި ކަމެއް ނެތި ފުރަތަމަ ހާފެކޭ އެއްގޮތަށް ހަލުވި ޕާސިން ގޭމެއް ކުޅުނުތަނެވެ. ނަމަވެސް ކުރީހާފްއާއި ޚިލާފަށް ގްރީން ސްޓްރީޓް ފެނިގެން ދިޔައީ ތަންކޮޅެއް ވަރުބަލިކޮށެވެ. ނަމަވެސް މެޗްގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށްވެފައި ވަނިކޮށް ޕެނަލްޓީ އޭރިޔާ ބޭރުން ގްރީންގެ ތަޖްރިބާ ކާރު ކުޅުންތެރިޔާ އަލީ އަޝްފާގް(ދަގަނޑޭ) އަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ހިލޭޖެހުން ގޯލަށް ފޮނުވާލީ އުމައިރުއެވެ. ނަމަވެސް ކީޕަރު އަތުގައި ޖެހިފައި ނިކުތް ބޯޅަ ގޯލްތެރެއަށް ވައްދާލައި ގްރީން ސަލާމަތް ކޮށްދިނީ ފައުލް ހޯދައިދިން ދަގަނޑޭއެވެ.
މި މުބާރާތުގައި މާދަމާ ހަވީރު ބައްދަލުކުރާނީ ޓީސީ އާއި ޔުނައިޓެޑް ވިކްޓްރީއެވެ. މާދަމާ ރޭ ބައްދަލު ކުރާނީ މާޒިޔާ އާއި ނިލަންދޫއެވެ.