News

ރާއްޖޭގެ ފިރިހެން ވޮލީ ޓީމަށް ޔޫރަޕްގައި ޓްރެއިނިން ހެދުމުގެ ފުރުސަތު ލިބިއްޖެ

24 ޖޫން 2019






ގައުމީ ފިރިހެން ވޮލީ ޓީމް މުޅިން އަލަށް ޔޫރަޕްގައި ޓްރެއިނިންގް ކޭމްޕެއް ބޭއްވުމުގެ ފުރުސަތު ލިބިއްޖެއެވެ.

ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފްގެ ފޭސްބުކްގައި ވިދާޅުވެފައިވަނީ، އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ވޮލީ ފިރިހެން ޓީމު ކޭމްޕް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ޔޫރަޕްގެ ގައުމެއް ކަމަށްވާ ސާބިއާގައި ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ވޮލީގައި ދުނިޔޭގެ ބޮޑު ބާރެއް ކަމަށްވާ ސާބިއާގައި ވޮލީ ޓީމު ކޭމްޕްކުރުމުގެ ހުރިހާ އެހީއެއް ހަމަޖައްސައިދީފައިވަނީ ސާބިއާ ސަރުކާރުން ކަމަށެވެ. އަދިި މިދތުރުގައި ވޮލީ ޓީމަށް ފެންވަރު ރަނގަޅު މެޗުތަކެއް ކުޅެން ލިބިގެންދާނެ ކަމަށެވެ

 
ސާބިއާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރގެ ދައުވަތަކަށް މިހާރު އެގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިނިސްޓަރ މަހްލޫފް ވަނީ އެ ގައުމުގެ ސްޕޯޓްސް މިނިސްޓަރއާ ބައްދަލުކުރައްވާފައެވެ.

 މިނިސްޓަރ މަހްލޫފްގެ މިދަތުރު ފުޅުގައި ރާއްޖޭގައި ކުޅިވަރު ތަރައްގީ ކުރުމަށް ސާބިއާއާއެކު މަޝްވަރާތަކެއް ކޮށްފައެވެ. ސާބިއާގެ ސްޕޯޓްސް މިނިސްޓަރީ އިންވަނީ ރާއްޖެއާއެކު ކުޅިވަރުގެ ދާއިރާއިން މެމޮރެންޑަމް އޮފް ކޯޕަރޭޝަންއެއްގައި ސޮއިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަން ހާމަކޮށްފައެވެ.

ދާދި ފަހުންމިނިސްޓަރ މަހްލޫފް ވަނީ ގައުމީ ފިރިހެން އަދި އަންހެންޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ.



Leave a Comment:

Comments will be published after moderation.