News

އަލަށް ކޮލިފައިވި ދަ ގްރާންޑޭ ކުޅުނު 3 ވަނަ މެޗުންވެސް މޮޅު ވެއްޖެ

24 ޖޫން 2019






ދިރާގް ދިވެހި ޕްރިމިޔަރ ލީގްގައި މިއަދު ހަވީރު ދަ ގްރާންޑޭ އާއި ވިކްޓްރީ ސްޕޯޓްސް ކްލަބް ބައްދަލު ކުރި މެޗް ކާމިޔާބު ކޮށް، މިއަހަރު އަލަށް ލީގަށް ކޮލިފައިވި ދަގްރާންޑޭ ޖެހި ޖެހިގެން ތިންވަނަ މޮޅު ހޯދައިފިއެވެ.

މި މެޗް ދަ ގްރާންޑޭ ކާމިޔާބު ކުރީ 4-0 ގެ ނަތީޖާއަކުންނެވެ. މާބޮޑު ފޯރިއެއް ނެތި ކުޅުނު ފުރަތަމަ ހާފް 2-0 ގެ ނަތީޖާއަކުން ދަގްރާންޑޭ ކުރީގައި އޮވެގެން ނިމުނުކަމުގައިވީ ނަމަވެސް ދަރޭންޑޭގެ ފަރާތުން ވެސް މާ އެދެވޭ ކުޅުމެއް ފެނިގެންނެއް ނުދިޔައެވެ. 

ފުރަތަމަ ހާފްގެ 9 ވަނަ މިނެޓްގައި ދަ ގްރާންޑޭގެ ފުރަތަމަގޯލް ކާމިޔާބު ކޮށްދިނީ ދަގްރާންޑޭގެ ނިޒާމްއެވެ. އަދި ދެވަނަ ގޯލް މެޗްގެ 17 ވަނަ މިނެޓްގައި ދަ ގްރާންޑޭއަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ ބިދޭސީ ކުޅުންތެރިއާއެެވެ. ހޫނުގަދަ ދުވަހެއްކަމުން ދެޓީމު ވެސް ފެނިގެންދިޔައީ ވަރަށް ވަރުބަލި ކޮށެވެ. 

ފުރަތަމަ ހާފެކޭއެއްގޮތަށް ދެވަނަ ހާފުގެ ކުޅުންވެސް ފެނިގެންދިޔައީ ވަރަށް ވަނދުކޮށެވެ. ދެވަނަ ހާފް ފެށިގެން 50 ވަނަ މިނެޓްގައި ދަ ގްރާންޑޭ ވަނީ އެމީހުންގެ 3 ވަނަ ގޯލް ކާމިޔާބު ކޮށްފައެވެ. ހަތަރުވަނަ ގޯލަކީ ވިކްޓްރީ އަތުން ބައިކޮޅަށް ވަންލަނޑެކެވެ. 

ލީގުގައި ދަ ގްރާންޑޭއިން ވަނީ ނިލަންދޫ އެފްސީ އަދި ފޯކައިދޫ އެފްސީ ބަލިކޮށްފައެވެ. މިއަދުގެ މެޗާއިއެކު ކުޅުނު ހުރިހާ މެޗްއަކުން މޮޅުވެ ދަގްރާންޑޭ އޮތީ 9 ޕޮއިންޓާއި އެކު ތާވަލުގެ އެއްވަނައިގައެވެ.

ވިކްޓްރީ ލީގުގައި ކުޅުނު 3 މެޗުން ވެސް އެމީހުން ބަލިވެފައިވަނީ 4-0 ގެ ނަތީޖާ އަކުންނެވެ. އެހެންކަމުން މިހާރު ވިކްޓްރީ ކޮޅަށް ވަނީ 12 ގޯލް ވަދެ، ވިކްޓްރީ އޮތީ ތާވަލުގެ އެންމެ ފުލުގައެވެ. ވިކްޓްރީގައި މިފަހަރު ކުޅެނީ ތަޖްރިބާ މަދު ވަރަށް އައުޓީމެކެވެ. 



Leave a Comment:

Comments will be published after moderation.