News

ގްރީން ސްޓްރީޓް ޒުވާން ޓީމު ހެޑް ކޯޗަކަށް ސަމްޕަތު

9 ޖެނުއަރީ 2019






ކްލަބް ގްރީން ސްޓްރީޓްގެ ޒުވާން ޓީމްގެ ހެޑް ކޯޗަކަށް ކޯޗް އަޝްރަފް ލުތުފީ (ސަމްޕަތު) ހަމަޖައްސައިފިއެވެ. އެންމެ ފަހުގެ ޔޫތް މުބާރާތުގެ ޗެމްޕިއަނުން، ގްރީން ސްޓްރީޓުން، ސަމްޕަތު ޒުވާން ޓީމް ކޯޗަކަށް ހަމަޖައްސާފައިމިވަނީ ޤަބޫލްކުރެވޭ ގޮތުގައި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އަލަށް ކަނޑައަޅައި އަމަލުކުރުމަށް ތައްޔާރުވަމުން އަންނަ އުސޫލީ މިންގަނޑަށް ގްރީން ސްޓްރީޓްސްއިން ވަރަށް ބޮޑަށް ވިސްނާފައިކަމަށް ބެލެވެއެވެ.

އެފް.އޭ.އެމް އިން އަލަށް ކަނޑައަޅައި އަމަލުކުރުމަށް ތައްޔާރުވެފައިވާ އުސޫލީ މިންގަނޑުތަކުގެ ތެރޭގައި ފަސްޓް ޑިވިޝަން ޓީމެއްގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ހުރުމަށް އެދޭ ފަރާތަކުން އެންމެ ދަށްވެގެން އޭ.އެފް.ސީ "ބީ" ކޯޗިން ލައިސަންސް އޮންނަން ޖެހޭނެއެވެ. އަދި ހަމަ މިގޮތަށް ޒުވާން ޓީމެއްގެ ހެޑް ކޯޗަކަށް ހުރުމަށްވެސް އެންމެ ދަށްވެގެން އޭ.އެފް.ސީ "ބީ" ކޯޗިން ލައިސަންސް އޮތުމަށް ލާޒިމްކުރެއެވެ.

ނިއު ރޭޑިއަންޓް ސްޕޯރޓްސް ކްލަބްގައި ކޯޗެއްގެ ގޮތުގައި އަދި ނިއު ރޭޑިއަންޓް ކުޅުންތެރިއެއްގޮތުގައި ފެނިގެންގޮސްފައިވާ، ކޯޗް ސަމްޕަތު އަކީ މިވަގުތު އޭ.އެފް.ސީ "ބީ" ކޯޗިންގް ލައިސަންސް އޮންނަ ކޯޗެކެވެ.

ޔޫތް މުބާރާތަށް އަލަށް ނިކުމު މިދިޔަ އަހަރު ގްރީން ސްޓްރީޓްސް އިން ޔޫތް މުބާރާތް ކާމިޔާބު ކުރި އިރު ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި ހުރި ކޯޗް އައްޔަ ފެނިގެންދާނީ ޤަބޫލްކުރެވޭ ގޮތުގައި ކޯޗް ސަމްޕަތުގެ އެސިސްޓެންޓް ކޯޗުގެ މަޤާމުންނެވެ.

މިދިޔަ އަހަރު ގްރީން ސްޓްރީޓުން މުޅިން އަލަށް ޔޫޓް ޗެމްޕިއަންޝިޕަށް ނިކުމެ ތަށި ކާމިޔާބުކުރީ ޔޫތް ޗެމްޕިއަންޝިޕްގެ އެންމެ ކާމިޔާބު ޓީމު، ކްލަބް އީގަލްސްގެ މައްޗަށް ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ކުރި ހޯދައިގެންނެވެ.

މިއަހަރުގެ އެފް.އޭ.އެމް ގެ ޔޫތް ޗެމްޕިއަންޝިޕް ފަށަން ހަމަޖެހިފައިވަނީ އަންނަ ފެބުރުއަރީ މަހުގެ 3 ވަނަ ދުވަހުއެވެ.

ކްލަބް ގްރީން ސްޓްރީޓްސް އެފް.އޭމް.އެމް 21 އަހަރުން ދަށުގެ ޔޫތް ޗެޕްޕިއަންޝިޕް

Leave a Comment:

Comments will be published after moderation.