News
ދިވެހި ޕްރިމިއަރ ލީގް: ފޯކައިދޫ އެފްސީއާއި ދަ ގްރާންޑޭ ބައްދަލު ކުރިމެޗް ދަ ގްރާންޑޭ ކާމިޔާބު ކޮށްފި
20 ޖޫން 2019
ދިރާގް ދިވެހި ޕްރިމިއަރ ލީގްގައި މިއަދު ހަވީރު ފޯކައިދޫ އެފްސީ އާއި ދަ ގްރާންޑޭ ބައްދަލުކުރި މެޗް 2-1 ގެ ނަތީޖާއަކުން ދަ ގްރާންޑޭ ކާމިޔާބު ކޮށްފިއެވެ.
ފުރަތަމަ ހާފްގައި ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަ ހަމަ ކުޅުމެކެވެ. މެޗްގެ 10 މިނެޓް ނިމިގެންދިޔަ އިރުވެސް ދެޓީމުން ކުރެ ޓީމަކަށް ނުރައްކާތެރި ބޯޅައެއް ގޯލަށް ފޮނުވާލެވިފައެއް ނުވެއެވެ. ދަ ގްރާންޑޭގެ ޓީމަށް ބަލާއިރު ތަޖުރިބާކާރު ކުޅުންތެރިން ހިމެނެއެވެ.
މެޗްގެ ފުރަތަމަ ގޯލް 25 މިނެޓްގައި ޖަހާ ދަ ގްރާންޑޭއަށް ލީޑް ނަގައިދިނީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ އަހްމަދެވެ. 34 މިނެޓްގައި ދަގްރާންޑޭގެ ދެވަނަ ގޯލް ކާމިޔާބު ކޮށްދިނީ ޖާރޒީ ނަންބަރ 11 އެވެ. 37 ހަވަނަ މިނެޓްގައި ވެސް ދަ ގްރާންޑޭ އަށް ވަރަށް ރަނގަޅު ފުރުސަތެއްލިބި ވަނީ ބޭކާރުވެފައެވެ.
އޭގެ މިނެޓެއްވެސް ނުވެ ފޯކައިދޫ އިން އެމީހުންގެ ފުރަތަމަ ގޯލް ކާމިޔާބު ކުރިއެވެ. ފޯކައިދޫގެ ފުރަތަމަ ގޯލް ފެނިގެންދިޔައީ މެޗްގެ 38 މިނެޓްގައި އެޓީމުގެ އަންސަރު އިބްރާހިމް(އަންކޮ) އެވެ. ފުރަތަމަ ހާފްގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ދަ ގްރާންޑޭ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފްގެ 56 ވަނަ މިނެޓްގައި ފޯކައިދޫއަށް ނަތީޖާ ހަމަ ހަމަ ކުރަން ރަނގަޅު ފުރުސަތެއް ލިބި ވަނީ ބޭކާރުވެފައެވެ. ފުރަތަމަ ހާފްއެކޭ އެއްގޮތަށް ދެވަނަ ހާފްގައިވެސް ފެނިގެންދިޔައީ ދާދި އެއްވަރު ކުޅުމެކެވެ. 88 ވަނަ މިނެޓްގައި ފޯކައިދޫ އަށް ގޯލްޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ވަނީ ބޭކާރުވެފައެވެ. ގިނަ ރީނދޫ ކާޑްތަކެއް ފެނިގެންދިޔަ މެޗް ނިމިގެންދިޔަައީ 2-1 ގެ ނަތީޖާ އަކުންނެވެ.
ދިވެހި ޕްރިމިއަރ ލީގްގައި މިރޭ ބައްދަލު ކުރާނީ ކްލަބް އީގަލްސް އާއި ޓީސީ ސްޕޯޓްސް ކްލަބެވެ.
da grande DPL2019-20 Foakaidhoo Sports Club