News

ޔުނައިޓެޑް ވިކްޓްރީ އިން ވިކްޓްރީ 4-0 އަކުން ބަލިކޮށްފި

19 ޖޫން 2019






ދިރާގް ދިވެހި ޕްރިމިއަރ ލީގްގެ 6 ވަނަ މެޗްގައި ވިކްޓްރީ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓްރީ މިރޭ ބައްދަލުކުރި މެޗް 4-0 ގެ ނަތީޖާއަކުން ޔުނައިޓެޑް ވިކްޓްރީ އިން ކާމިޔާބު ކޮށްފިއެވެ.

ފުރަތަމަ ހާފް ފެށިގަން މާގިނަ އިރުތަކެއް ނުވެ ޔުނައިޓެޑް ވިކްޓްރީން ވަނީ ލީޑްނަގައި މެޗްގެ ނަތީޖާ 1-0 އަކަށް ބަދަލުކޮށްފައެވެ. ލިބުނު ފްރީކިކަކުން ޔޫވީގެ މި ލަނޑު ކާލިޔާބު ކޮށްފައިވަނީ އެޓީމުގެ ބިދޭސީކުޅުންތެރިޔާ ކޮވަސަވިކްއެވެ. ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ޔުނައިޓެޑް ވިކްޓްރީންނެވެ. ނަމަވެސް ފުރަތަމަ ހާފްގައި ވިކްޓްރީގެ ޑިފެންސްލައިން ވަނީ ކުރީމެޗާއި އަޅާބަލާއިރު ވަރަށް ބޮޑަށް ރަނގަޅުކޮށްފައެވެ. މާބޮޑު ފޯރިއެއް ނެތް ފުރަތަމަ ހާފް ނިމިގެންދިޔައީ 1-0 އަކުން ޔުނައިޓެޑް ވިކްޓްރީ ކުރީގައި އޮވެގެންނެވެ. 

ދެވަނަ ހާފްގެ ކުޅުންފެށި 53 ވަނަ މިނެޓްގައި ލިބުނު ކޯނަރަކުން ވިކްޓްރީގެ 2 ވަނަ ގޯލް ކާމިޔާބު ކުރީ އެޓީމުގެ ޑިމިޓްރީ ބޮލުން ގޯލަށްފޮނުވާލައިގެންނެވެ. ދެވަނަ ހާފްގެ 62 ވަނަ މިނެޓުގައި މެޗްގެ ކުޅުން ލަސްކުރުމާއި ގުޅިގެން ޔުނައިޓެޑް ވިކްޓްރީގެ މޫސާ ހަސަންއަށް ވަނީ ރީނދޫކާޑެއްދައްކާފައެވެ. 

ޔޫވީގެ ތިންވަނަ ގޯލް ފެނިގެންދިޔައީ މެޗްގެ 67 ހަތްވަނަ މިނެޓްގައި ޔޫވީގެ ޖާރޒީ ނަންބަރ50 އިސްމާއިލް ޝަފީއުއެވެ. ފުރަތަމަ ހާފްއެކޭ އެއްގޮތަށް މެޗް ކޮންޓްރޯލް ކޮށްގެންް ކުޅުނީ ޔޫވީއިންނެވެ. މެޗްގެ 80 ވަނަ މިނެޓްގައި ޔޫވީގެ ޑިމިޓްރީވަނީ އޭނާގެ ދެވަނަ ގޯލްޖަހާ ޔޫވީއަށް 4 ވަނަ ގޯލް ކާމިޔާބު ކޮށްފައެވެ. މެޗްގެ 87 ވަނަ މިނެޓްގައި ވިކްޓްރީގެ ކުޅުންތެރިޔަކަށް ކުރި ފައުލަކާއި ގުޅިގެން ޔޫވީގެ 3 ވަނަ ގޯލް ކާމިޔާބު ކުރި އިސްމާއިލް ޝަފީއުއަށް ވަނީ ރަތްކާޑެއްދައްކާފައެވެ.

މިރޭގެ މެޗްގެ ވަގުތު ހަމަވި އިރު ޔޫވީ މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ. އަދި މި މުބާރާތުގައި ވިކްޓްރީ ކުޅުނު ފުރަަތަމަ މެޗުންވެސް އެޓީމު ބަލިވީ ހަމަ 4-0 ގެ ނަތީޖާއަކުންނެވެ.

ދިރާގް ދިވެހި ޕްރިމިއަރ ލީގްގެ 6 ވަނަ މެޗްގައި މާދަމާ ހަވީރު ބައްދަލުކުރާނީ ފޯކައިދޫ އެފްސީ އާއި މިއަހަރު އަލަށް ލީގަށް ކޮލިފައިވި ދަ ގްރާންޑޭއެވެ.

 

DPL2019-20 United Victory Victory Sports Club

Leave a Comment:

Comments will be published after moderation.