News
ޤައުމީ ވޮލީ ފިރިހެންޓީމުގެ މެނޭޖަރުގެ މަގާމުން އައްލާ އިސްތިއުފާ ދީފި
19 ޖޫން 2019
ގައުމީ ވޮލީބޯޅަ ޓީމުގެ މެނޭޖަރުކަން ގިނަ ދުވަސްތަކެއްވަންދެން ކުރެއްވި އަލީ ލަތީފް (ޑިލައިޓް އައްލާ) ގައުމީ ފިރެހެން ޓީމުގެ މެނޭޖަރު ކަމުން އިސްތިއުފާ ދީފިއެވެ.
2013 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއް ނެތި ހަތް އަހަރު ގައުމީ ޓީމުގެ މެނޭޖަރުކަންކޮށްފައިވާ އައްލާ މެނޭޖަރު ކަމުން އިސްތިއުފާދިން އިރު ގައުމީ ވޮލީ ޓީމު ތައްޔާރު ވަމުން ދަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އިތުރުން އޭވީސީ ސެންޓްރަލްޒޯން ޗެމްޕިއަންޝިޕްއަށެވެ.
ގައުމީ ޓީމުގެ މެނޭޖަރު ކަމުން އައްލާ އިސްތިއުފާ ދީފައިވަނީ ވޮލީބޯޅަ އެސޯސިއޭޝަން ނޯމަލައިޒޭޝަންކޮށް ކޮމެޓީ އަކާއި ހަވާލުކުރުމަކީ ގަބޫލު ކުރެވޭ ކަމަކަށް ނުވާތީކަމަށް މައުލޫމާތު ލިބެއެވެ. އަދި ޔޫތު މިނިސްޓްރީ އިން ވޮލީ ބޯޅަ އެސޯސިއޭޝަނަށް ނުފޫޒް ފޯރުވާފައިވާތީ އެއްވެސް ކުޅިވަރަކަށް މިއަދު މިނިވަން ކަމާއި އެކު މަސައްކަތް ކުރުމަށް ފުރުސަތު އޮތް ކަމަށް ނުދެކޭ މަގާމުން އިސްތިއުފާ ދެމުން އައްލާ ވަނީ ބުނެފައެވެ.
2008 ވަނަ އަހަރުން ފެށިގެން ވޮލީގައި ހަރަކާތްތެރިވާން ފެށި އައްލާ ވަނީ ވޮލީބޯޅަ ފިރެހެން ޓީމުގެ މެނޭޖަރުކަމުގެ އިތުރުން ވީއޭއެމްގެ ޑިސިޕްލިނަރީ ކޮމެޓީގެ ޗެއާމަންކަން ވެސްކޮށްފައެވެ.