News

އަޑުބަރޭގެ ކަކުލަށް އަނިޔާވެ މާދަމާ މެޗުން ނުފެންނާނެ؟

18 ޖޫން 2019






ކުލަބު ގްރީސްރީޓާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބު މާދަމާ ހަވީރު ދިވެހި ޕްރިމިއަރ ލީގުގައި ބައްދަލު ކުރާމެޗުގައި ގްރީން ސްޓްރީޓްގެ މިޑްފީލްޑަރ އަސްހަދު އަލީ(އަޑުބަރޭ)ގެ ކަކުލަށް އަނިޔާވެ މާދަމާގެ މެޗުންނުފެންނެކަމުގެ ޚަބަރު ލިބިއްޖެއެވެ. 

ޔޫތުމިނިސްޓްރީގް ސްޓޭޓް މިނިސްޓަރ ކަން ވެސް އަދާކުރައްވަމުން ގެންދަވާ އަޑުބަރޭގެ ކަކުލަށް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއްކަމައެއް ފޯނު ނުނަންގަވާތީ ވަނީ ސާފުވާގޮތް ނުވެފައެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާގޮތުގައި ކުރިޔަށް އޮތް ހަތަރު މެޗްގައިވެސް އަޑުބަރޭ ނުފެނުން އެކަށީގެންވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި މިއަދު ބޭއްވި ފަރިތަކުރުމުގައި އަޑުބަރޭ ބައިވެރިވެފައެއް ނުވެއެވެ.

ދިރާގް ދިވެހި ޕްރިމިއަރ ލީގްގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި ކުލަބު ގްރީން ސްޓްރީޓް ބައްދަލު ކުރާ މެޗް މާދަމާ ހަވީރު 16:00 ގައި ގަލޮޅު ދަނޑުގައި އޮންނާނެއެވެ. 

މި މެޗް ވެގެންދާނީ މިދެޓީމަށްވެސް ވަރަށް މުހިއްމު މެޗެއްގެ ގޮތުގައެވެ. ސަބަބަކީ މި ދެޓީމުގައި ވެސް ތިބީ ރާއްޖޭގެ އެންމެ މައްޝޫރު ކުޅުންތެރިންނެވެ. ނިމިދިޔަ ސީޒަނާއި ޚިލާފަށް ގްރީން ސްޓްރީޓުން ވަނީ އެޓީމު ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައެވެ. ހަމަ އެގޮތަށް މާޒިޔާއިން ވެސް ވަނީ މިސީޒަނަށް އެޓީމަށް ހުނަރުވެރި ބައެއް ކުޅުންތެރިން ގެނެސްފައެވެ. އެހެން ކަމުން މި ސީޒަނުގައި މިދެޓީމު ބައްދަލު ކުރާ ފުރަތަމަ މެޗްތައް ވެގެންދާނީ ބަލާހިތްވާނެ ކުޅުމެއް ފެނިގެންދާނެ މެޗްތަކެއްގެ ގޮތުގައެވެ. 

 

 



Leave a Comment:

Comments will be published after moderation.