News

މާދަމާގެ މެޗް ވަރަށް ފޯރިގަދަވާނެ، މާޒިޔާ ކުޅޭނީ މޮޅުވާން: އަސަކޮ

18 ޖޫން 2019






ދިރާގް ދިވެހި ލީގްގައި މާދަމާ ހަވީރު ހަތަރެއްޖަހާއިރު ގްރީންސްޓްރީޓާއި ދެކޮޅަށް މާޒިޔާ ކުޅޭމެޗް ކާމިޔާބު ކުރުމަށް އެޓީމް އޮތީ ވަރަށް ބޮޑަށް ތައްޔާރުވެގެންކަމަށް މާޒިޔާގެ ކެޕްޓަން އަސަދުއްﷲ އަބްދުއްﷲ( އަސަކޮ) ބުނެފިއެވެ. 

މީ މިއަހަރުގެ ލީގުގައި މިދެޓީމުވެސް ކުޅޭ ފުރަތަމަ މެޗެވެ. އެންމެ ވަރުގަދަ ސްކޮޑަކާއި އެކު ނިކުތް ދެކުލަބު ބައްދަލުކުރާމެޗް ވެގެންދާނީ ދެޓީމަށްވެސް ވަރަށް މުހިއްމުު މެޗެއްގެ ގޮތުގައެވެ. ދެޓީމުގައިވެސް ހިމެނެނީ ރާއްޖޭގެ މައްޝޫރު ކުޅުންތެރިންނެވެ. 

ބޯޅަ އެމްވީއަށް މައުލޫމާތު ދެމުން މާޒިޔާގެ ތަޖްރިބާކާރު ކުޅުންތެރިއާ އަދި އެޓީމުގެ ކެޕްޓަން އަސަކޮ ބުނީ ޓީމްގައި އެއްވެސް އިންޖަރީއެއް ނޫޅޭކަމަށާއި މިދިޔަ ޓްރެއިނިން ކޭޕް ނިންމާލުމަށްފަހު ޓީމް އޮތީ ވަރަށް ބޮޑަ މި ސީޒަނަށް ތައްޔާރުވެގެން ކަމަށެވެ. އަދި ގްރީން ސްޓްރީޓަކީ މޮޅުޓީމެއްކަމުން މޮޅުވާން ވަރަށް މަސައްކަތް ކުރަން ޖެހޭނެކަމަށް އަސަކޮބުންޏެވެ. 

ދާދި ފަހުން މާޒިޔާއިންވަނީ އުމްރާ ދަތުރަކާއި އެކު ސައުދީ އަރަބިއްޔާގައި ކޭމްޕްކޮށް ޕްރެކްޓިސް މެޗްތަކެއް އެގައުމުގެ ޓީމްތަކާއި އެކު ކުޅެފައެވެ. 



Leave a Comment:

Comments will be published after moderation.