News

މިސީޒަނުގައި އެންމެ ވަރުގަދަ ދެބާރުގެ ކުރިމަތިލުން މާދަމާ ހަވީރު 16:00 ގައި

18 ޖޫން 2019






ދިރާގް ދިވެހި ޕްރިމިއަރ ލީގްގެ މިސީޒަނުގެ ޓީމްތަކުގެ ކުޅުންތެރިންނަށް ބަލާއިރު އެންމެ ވަރުގަދަ ސްކޮޑެއް އޮތް ދެޓީމުގެ ގޮތުގައި ބެލެވޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި ކުލަބު ގްރީން ސްޓްރީޓް ބައްދަލު ކުރާ މެޗް މާދަމާ ހަވީރު 16:00 ގައި ގަލޮޅު ދަނޑުގައި އޮންނާނެއެވެ. 

މި މެޗް ވެގެންދާނީ މިދެޓީމަށްވެސް ވަރަށް މުހިއްމު މެޗެއްގެ ގޮތުގައެވެ. ސަބަބަކީ މި ދެޓީމުގައި ވެސް ތިބީ ރާއްޖޭގެ އެންމެ މައްޝޫރު ކުޅުންތެރިންނެވެ. ނިމިދިޔަ ސީޒަނާއި ޚިލާފަށް ގްރީން ސްޓްރީޓުން ވަނީ އެޓީމު ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައެވެ. ހަމަ އެގޮތަށް މާޒިޔާއިން ވެސް ވަނީ މިސީޒަނަށް އެޓީމަށް ހުނަރުވެރި ބައެއް ކުޅުންތެރިން ގެނެސްފައެވެ. އެހެން ކަމުން މި ދެޓީމަކީ މި ސީޒަނުގައި މިދެޓީމު ބައްދަލު ކުރާ މެޗްތައް ވެގެންދާނީ ބަލާހިތްވާނެ ކުޅުމެއް ފެނިގެންދާނެ މެޗްތަކެއްގެ ގޮތުގައެވެ. 

މާޒިޔާ ޓީމަށް ބަލާލާއިރު އަސަދުއްﷲ އަބުދުއްﷲ(އަސައްކޮ)، އަބްދުއްﷲ ހަނީފް (ބެންޖޯ)، އަމްދާން އަލީ، ހަސަން ނާއިޒް(ދާދު) އިބްރާހިމް މަހުދީ (ފޭދޫއިއްބެ)، މުހައްމަދު އިރުފާން(އިރޭ)، އަހްމަދު އަބްދުﷲ(ލިލީ)، އިބްރާހިމް ވަހީދު (އިއްބެ)، ހަމްޒާ މުހައްމަދު(ހަމްޕު) އަދި ކީޕަރު މުޖުތާޒް (މުޖޭ) ހިމެނެވެ. 

ގްރީން ސްޓްރީޓްްގެ ޓީމަށް ބަލާއިރު ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ)، މުހައްމަދު އާރިފް (ބަކާ)، ރިލްވާން ވަހީދު(ރިލޭ)، އަސްހަދު އަލީ( އަޑުބަރޭ)، މުހައްމަދު އުމައިރު، އަލީ ސަމްދޫހް މުހައްމަދު(ސަމްދު)، އަދި ކީޕަރު ލަބާން ޝަރީފް ހިމެނެއެވެ. 

ދެޓީމުގައި ވެސް ތިބީ ތަޖްރިބާކާރު މޮޅު ކުޅުންތެރިންނެވެ. އެހެންކަމުން މި މެޗް ވެގެންދާނީ މި ސީޒަނުގައި މިހާތަނަށް ކުޅޭ އެންމެ ފޯރިގަދަ މެޗަށެވެ. އަދި މި ދެޓީމުގެ ކޯޗުންގެ ގޮތުގައި ހަރަކާތްތެރި ވަނީ ތަޖުރިބާކާރު ދެކޯޗުންނެވެ. ގްރީން ސްޓްރީޓްގެ ކޯޗަކީ އަލީ ސުޒެއިން އެވެ. އަދި މާޒިޔާގެ ކޯޗަކީ މަރްޔާން ޗެކްލޮވްސްކީ އެވެ. 

 

Club Green Streets DPL2019-20 Maziya Sports and Recreation Club

Leave a Comment:

Comments will be published after moderation.