News

ޓީ.ސީ ގެ ޒުވާން ޓީމުގެ ފަރިތަކުރުންތައް ފަށައިފި

9 ޖެނުއަރީ 2019






ޓީ.ސީ ފުޓްބޯޅަ ކްލަބްގެ ޒުވާން ޓީމުގެ ފަރިތަކުރުންތައް ފަށައިފިއެވެ.  ޓީ.ސީ ވެގެންދާނީ ޔޫތް މުބާރާތައް ފަރިތަކުރުންތައް ފެށި ހަވަނަ ޓީމަށެވެ.  މިހާރުވެސް އީގަލްސް، މާޒިޔާ، ގްރީން ސްޓްރީޓްސް، އަދި މުޅިން އަލަށް ޔޫތް މުބާރާތަށް ނިކުންނަ ފޯކައިދޫ ޓީމުންވެސް ވަނީ ޔޫތް ޓީމުތަކުގެ ފަރިތަކުރުންތައް ފަށާފައެވެ.

ޓީ.ސީ އިން މިހާތަނަށް ޔޫތް މުބާރާތުން ފެނިގެންގޮސްފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ ޓީ.ސީ އިން އަލަށް ޔޫތް މުބާރާތަށް ނިކުތް،2016 ވަނަ އަހަރުގެ މުބާރާތުގައެވެ. އެއަހަރު ޓީ.ސީ އިން ވަނީ މުބާރާތުގައި މޮޅު ކުޅުމެއްދައްކާ އެއްކޮޅުން މުބާރާތުގެ ފައިނަލްގައި ކުޅެފައެވެ. ޓީ.ސީ އެ އަހަރުގެ ފައިނަލްގައި ބަލިވީ އީގަލްސް އަތުންނެވެ. އޭގެ ފަހުން ޖެހިގެން އައި ދެ އަހަރު، 2017 އަދި 2018 ވަނަ އަހަރުގެ މުބާރާތައިވެސް ޓީ.ސީ އިން ބައިވެރިވެފައެއްނުވެއެވެ.

ޓީ.ސީ އިން ދެ އަހަރަށްފަހު ޔޫތް މުބާރާތަށް ނިކުންނައިރު، މިއަހަރުގެ ޔޫތް މުބާރާތްވެގެން ދާނީ ފާއިތުވި ދެ އަހަރުގެ މުބާރާތައްވުރެ ވާދަވެރި މުބާރާތަކަށެވެ. މިފަހަރުގެ ޔޫތް މުބާރާތުގައި ފާހަގަކޮށްލެވޭ ވަރުގެ ކުރިއެރުމެއް މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ އަދަދުން ފެނިގެންދާނެއެވެ.

ކްލަބް ގްރީން ސްޓްރީޓަކީ އެފް.އޭ.އެމް ގެ ޔޫތް ޗެމްޕިއަންޝިޕުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. މިދިޔަ އަހަރު ގްރީން ސްޓްރީޓުން މުޅިން އަލަށް ޔޫޓް ޗެމްޕިއަންޝިޕަށް ނިކުމެ ތަށި ކާމިޔާބުކުރީ ޔޫތް ޗެމްޕިއަންޝިޕްގެ އެންމެ ކާމިޔާބު ޓީމު، ކްލަބް އީގަލްސްގެ މައްޗަށް ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ކުރި ހޯދައިގެންނެވެ.

މިއަހަރުގެ އެފް.އޭ.އެމް ގެ ޔޫތް ޗެމްޕިއަންޝިޕް ފަށަން ހަމަޖެހިފައިވަނީ އަންނަ ފެބުރުއަރީ މަހުގެ 3 ވަނަ ދުވަހުއެވެ.

 

ފޮޓޯ: އަވަސް

އެފް.އޭމް.އެމް 21 އަހަރުން ދަށުގެ ޔޫތް ޗެޕްޕިއަންޝިޕް ޓ.ސީ ފުޓްބޯލް ކްލަބް

Leave a Comment:

Comments will be published after moderation.