News

ލާމު ލީގު - އަތޮޅު ފުޓްބޯޅަ ކުރިއެރުވުމަށް އުއްމީދީ ފެށުމެއް

17 ޖޫން 2019






 ލާމު ގަމު މަތިމަރަދޫ އަވަށަށް ނިސްބަތްވާ އަމިއްލަ ޖަމިއްޔާއެއްކަމަށްވާ އެސޯސިއޭޝަން ފޯރ އިމްޕްރޫވްޑް ޖެނެރޭޝަންސް އޮފް ސްޕޯރޓްސް (އަމިގޯސް) ޖަމިއްޔާއިން ލާމު އަތޮޅަށް އަމާޒުކޮށްގެން ފުޓުބޯޅަ ލީގެއް  މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ނިންމައިފިއެވެ. 

ބޯޅައެމްވީއަށް މައުލޫމާތު ދެއްވަމުން އަމިގޯސްގެ މުއައްސިސް މުޙައްމަދު އަރީފް ވިދާޅުވީ މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ރާއްޖެއިން ނެތެމުންދާ ފުޓުބޯޅަ ދިރުވާ އާލާކޮށް ރާއްޖޭގައި މޮޅު ފުޓުބޯޅަ ކުޅުންތެރިން އުފައްދައި ރާއްޖޭގެ ގައުމީޓީމަކީ މުޅިރާއްޖެ ތަމުސީލު ކުރާ ޓީމަށް ހެދާ ޒުވާން ކުޅުންތެރިން އުފައްދައި އެހެން ރަށްތަކަށް ނަމޫނާއަކަށް ވުންކަމަށެވެ.

އަރީފް ވިދާޅުވީ މި މުބާރާތް ކުރިޔަށް ދާނީ ލ.ގަމުގެ 4 އަވަށުގެ އިތުރުން ލ.ފޮނަދޫ ވެސް ހިމެނޭގޮތަށް ހުރިހާޓީމެއްވެސް ހޯމް އެންޑް އަވޭ އުސޫލުންކުޅޭނެކަމަށެވެ. މުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ ހަފްތާއެއްގެ ހުކުރު އަދި ހޮނިހިރުދުވަހުއެވެ. 

އަރީފް ވިދާޅުވީ ކޮންމެ އަހަރަކުވެސް މިލީގް ކުރިޔަށް ގެންދަން ނިންމާފައިވާކަމަށާއި އެހެންކަމުން މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ ފުޓުބޯޅަ މައި އިދާރާ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ގުޅިގެން ކުރިޔަށްގެންދިޔުމަށެވެ. އެފްއޭއެމްގެ އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށް އަރީފް ވިދާޅުވިއެވެ. 

 



Leave a Comment:

Comments will be published after moderation.