News

ރާއްޖޭގައި އަލަށް ބާއްވާ 15 އަހަރުން ދަަށުގެ އިންޓަނޭޝަނަލް މުބާރާތް ޖުލައި މަހު އައްޑޫގައި

17 ޖޫން 2019






ޔޫނިއަން އޮފް ޔޫރޯޕިއަން ފުޓްބޯލް އެސޯސިއޭޝަން (ޔޫ.އީ.އެފް.އޭ) އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އާއި ގުޅިގެން ރާއްޖޭގައި ބާއްވާ 15 އަހަރުން ދަަަށުގެ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތް އައްޑޫ ސިޓީ ގައި އޮންނަ ގޮަތަށް ހަމަޖެހިއްޖެއެވެ.
މިމުބާރާތުގެ މެޗުތައް ކުރިއަށްދާނީ ހިތަދޫ ޒޯން ސްޓޭޑިއަމްގައެވެ.

މުބާރާތުގެ އިންތިޒާމްގެ ކަންކަން ހަމަޖެއްސުމަށް އެފް.އޭ.އެމް ގެ ޓެކްނިކަލް ޑިރެކްޓަރ އިހްސާން އަބްދުލް ޤަނީ (ސާންތި) ހިމެނޭގޮތަށް އެފް.އޭ.އެމްގެ ޓެކްނިކަލް ޓީމަކުން ވަނީ އިއްޔެ އައްޑޫ ސިޓީއަށް ދަތުރުކޮށް އިންތިޒާމްގެ ތެރޭގައި ޝާމިލްވާ މުއައްސަސާތަަކާއި ބަށްދަލުކޮށް މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.

މުބާރަތް ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި މަހު 20 ވަނަ ދުވަހުއެވެ.


މިއީ ޔޫ.އީ.އެފް.އޭ ގެ އެހީއާއިއެކު ރާއްޖޭގައި މިފަދަ ގޮަތަކަށް ބޭއްވޭ ފުރަތަމަ މުބާރާތެވެ. ނަމަވެސް 15 އަހަރުން ދަަށުގެ ޓީމު ވަނީ މިދިޔަ އަހަރު ތައިލޭންޑްގައި ހަމަ މިފަދަ ޔޫ.އީ.އެފް.އޭ ގެ އެހީއާއިއެކު ބޭއްވިގެން ދިޔަ މުބާރާތެއްގައި ވާދަކޮށް ތަޖުރިބާ ހޯދާފައެވެ.

ްްއެފް.އޭ.އެމް އިން މަޢުލޫމާތު ދޭ ގޮތުގައި މިމުބާރާތުގައި ވާދަކުރާނީ ހަތަރު ޤައުމަކުންނެެވެ. އަދި މީގެ ތެރޭގައި ޔޫރަޕްގެ ޤައުމެއްވެސް ހިމެނިގެން ދާނެ ކަމަށް ބުނެއެވެ.

މެއި 12 ވަނަ ދުވަހުން ފެށިގެން 15 އަހަރުން ދަަށުގެ ފިރިހެން ޤައުމީ ޓީމުގެ ފަރިތަކުރުންތައް ކުރިއަށްދަނީ އެފް.އޭ.އެމް ގެ ޓެކްނިކަލް ޑިރެކްޓަރ އިހްސާން އަބްދުލް ޤަނީ (ސާންތި) ގެ ސީދާ ބެލުމުގެ ދަަށުންނެވެ.

ނަމަވެސް މި ޓީމަށް ކުރިއަށް މުބާރާތް ތަކުގައި ޓީމަށް އިރުޝާދު ދިނުމަށް ހެޑް ކޯޗެއް ގޮތުގައި މަސައްކަތްކުރާނީ މިދިޔަ އަހަރުވެސް މިޓީމަށް އިރުޝާދުދިން އިބްރާހީމް ހަލީމް (ޖަޑާ) އެވެ. އަދި އެސިސްޓެންޓް ކޯޗެއް ގޮތުގައި މަސައްކަތްކުރާނީ ކްލަބް އީގަލްސްގެ ވެސް އެސިސްޓެންޓް ކޯޗު އިބްރާހިމް ސައީދު (ކަކާ) އެވެ.

ފޮޓޯ:ގޯލްނޭޕާލް.ކޮމް



Leave a Comment:

Comments will be published after moderation.