News

ބީޖީ އެކަޑަމީގެ 14 އަހަރުން ދަށުގެ ޓީމް މިފަހަރު މެލޭޝިޔާއަށް

16 ޖޫން 2019






މީގެ އަހަރު ތަކެއް ކުރިން ފުރަތަމަ ޑިވިޝަނުން ފެނިގެންދިޔަ ބީޖީ ސްޕޯޓްސް ކުލަބުގެ ބީޖީ އެކަޑަމީގެ 14 އަހަރުން ދަށުގެ ޓީމު ޕްރެކްޓިސް މެޗްތަކެއް ކުޅުމަށް މިމަހުގެ 19 އިން 25 އަށް މެލޭޝިޔާއަށް ދާގޮތަށް ހަމަޖެހިފައިވާކަމަށް ބީޖީ އެކަޑަމީ އިން ބުނެފިއެވެ. 

ބީޖީ އެކަޑަމީގެ ފަރާތުން ބޯޅައެމްވީ އަށް މައުލޫމާތު ދެމުން 14 އަހަރުން ދަށުގެ ޓީމުގެ ހެޑްކޯޗް މުއާވިޔަތު އިލްހާމް(އިއްލަ) ބުނީ އެ އެކަޑަމީގެ ފަރާތުން މެލޭޝިޔާއަށް މި ކުރާދަތުރަކީ އެފްއޭއެމްގެ ފަރާތުން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 14 އަހަރުން ދަށުގެ ލީގަށް އެޓީމު ތައްޔާރު ކުރުމަށްޓަކައި ކުރާ ދަތުރެއްކަމަށެވެ. މިދަތުރުގައި ބީޖީގެ ޓީމް 3 މެޗް ކުޅުމަށްވަނީ ހަމަ ޖެހިފައެވެ. 

މި ޓީމުގައި 22 ކުޅުންތެރިންނާއި 5 އޮފިޝަލުން ބައިވެރިވާނެކަމަށެވެ. އޮފިޝަލުންގެ ތެރޭގައި 2 ބެލެނިވެރިން ހިމެނޭކަމަށް އިއްލަ ބުންޏެވެ. އިއްލަ ބުނީ މިދަތުރު ހަމަޖެއްސުމަށްޓަކައި ދެގައުމުގެ ދެމެދުގައި ކަންކަން ހަމަޖެއްސުމަށް އެފްއޭއެމްގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދިޔަކަމަށާއި އެހެންކަމުން އެފްއޭއެމް އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާކަމަށެވެ.

އިއްލަ ބުނީ މި ދަތުރުން އެކުދިންނަށް ރަނގަޅު ތަޖުރިބާތަކެއް ލިބިގެންދާނެކަމަށާއި އޭގެ ސަބަބުން ކުރިޔަށް އޮތް މުބާރާތަށް ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. 

ބީޖީ އެކަޑަމީ އިން ވަނީ މިދިޔަ އަހަރުވެސް އަވައްޓެރި ލަންކާއަށް ޕްރެކްޓިސް މެޗްތަކެއް ކުޅުމަށް ދަތުރެއްކޮށްފައެވެ.



Leave a Comment:

Comments will be published after moderation.