News
ކުޑަކުދިންނަށް އަމާޒުކޮށްގެން ބާއްވާ ރެފްރީ ކޯހުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފި
16 ޖޫން 2019
ކުޑަކުދިންނަށް އަމާޒުކޮށްގެން ރެފްރީ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ބާއްވާ ފުޓުބޯޅަ އަދި ފުޓްސަލް ކޯހުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.
ގްރޭޑް 6، 7، 8 އަދި 9 އެއްގައި ކިޔަވަމުންދާ ކުދިންނަށް އަމާޒުކޮށްގެން ބާއްވާ މިކޯހުގައި ބައިވެރި ވުމަށް ބޭނުންވާ ދަރިވަރުން މި ޖޫންމަހުގެ 30 ވަނަ ދުވަހުގެ ކުރިން ބައިވެރިވުމަށް އެދޭ ފޯމްް ފުރިހަމަ ކުރުމަށްފަހު ހުށަހަޅަންޖެހޭނެކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.
އަދި އިތުރު މައުލޫމާތު ހޯދުމަށް 7797778 އަށް ގުޅުއްވާ މައުލޫމާތު ސާފުކުރެއްވުމަށް އެ އެސޯސިއޭޝަނުން ވަނީއެދިފައެވެ.
ރެފްރީ އެސޯސިއޭޝަން އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި ހުނަރުވެރި މޮޅު ރެފްރީން ތަމްރީނުކުރުމަށްޓަކައި ކުރީގެ މައްޝޫރު ރެފްރީންތަކެއް އިސްނަގައިގެން ކުރިޔަށްގެންދާ އެސޯސިއޭޝަނެކެވެ. ކުދި އަދި ބޮޑެތި މީހުންނަށް ފާއިތުވި 2 އަހަރެއް ތެރޭ އެސޯސިއޭޝަނުންވަނީ މިފަދަ ރެފްރީކޯސްތައް ހިންގާފައެވެ.