News

12 ޖެހުމުގެ ކުރިން ކްލަބް ލައިސަންސް އަށް ބޭނުންވާ ލިޔުންތައް ހުށައަޅާނަން: ނިލަންދޫ ޓީމުގެ ރައީސް

13 ޖޫން 2019






ލޯކަލް ކުލަބް ލައިސަންސް މިހާތަނަށް ނުލިބި އޮތް ހަމައެކަނި ޓީމު ކަމަށްވާ ނިލަންދޫ ޓީމު ރަޖިސްޓްރީވުމުގެ ފަހު ފުރުސަތު މިރޭގެ 12 ޖެހުމާއި ހަމައަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމުން) އިން ދީފައިވާއިރު އޭގެ ކުރިން ހުރިހާކަމެއް ނިމޭނެ ކަމަށް އެކުލަބުގެ ރައީސް އަންވަރު އަލީ ވިދާޅުވެއްޖެއެވެ. 

ބޯޅައެމްވީއަށް މައުލޫމާތު ދެއްވަމުން އަންވަރު ވިދާޅުވީ ކުލަބު ލައިސަންސަށް ހުށަހަޅަންޖެހޭ މައުލޫމާތު ތަކުގެ ތެރެއިން ނުލިބި އޮތް އެންމެ ފަހުގެ ލިޔުން މިހާރު ލިބިފައިވާކަމަށެވެ. އެއީ ކައުންސިލުން ބޭނުންވާ ލިޔުމެކެވެ. އެހެން ކަމުން 12 ގެ ކުރިން ހުރިހާ އެއްޗެއް ހުށަހެޅޭނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތް ކަމަށް އަންވަރު ވިދާޅުވިއެވެ.

ހުކުރު ދުވަހު ފަށާ ދިވެހި ޕްރިމިއާ ލީގްގައި މިއަހަރު ވާދަކުރާ ނުވަ ޓީމުތަކުގެ ތެރެއިން އަށް ޓީމަކަށް އެފްއޭއެމުން ވަނީ ލޯކަލް ކުލަބު ލައިސެންސް ދީފައެވެ. މީގެތެރެއިން ރަޖިސްޓްރީނުވެ އޮތް ހަމައެކަނި ޓީމަކީ ނިލަންދޫއެވެ.

މުބާރާތުގެ ޗެޑިއުލަށް ބަލާއިރު މާދަމާ ލީގު ފަށާއިރު ފުރަތަމަ މެޗްގައި ބައްދަލު ކުރަން ހަމަޖެހިފައިވަނީ ނިލަންދޫ ފުޓުބޯޅަ ކުލަބާއި މިފަހަރު އަލަށް ލީގަށް ކޮލިފައިވި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބެވެ.



Leave a Comment:

Comments will be published after moderation.