News

އޭދަފުށީގައި ސީ ލައިސަންސް ކޯޗިންގ ކޯހެއް ފެށިގެން ކުރިއަށްދަނީ

8 ޖެނުއަރީ 2019






ބ.އޭދަފުށީގައި ފުރަތަމަ ފަހަރަށް އޭ.އެފް.ސީ ސީ ލައިސަންސް ފުޓްބޯލް ކޯޗިން ކޯހެއް ފެށިގެން ކުރިއަށް އެބަދެއެވެ. ޖަނަވަރީ 4 ވަނަ ދުވަހުން ފެށިގެން ޖަނަވަރީ 16 ވަނަ ދުވަހުގެ ނިޔަލަށް ހިންގޭ މިކޯހުގައި ޖުމްލަ 22 ބައިވެރިއަކު ބައިވެރިވެއެވެ. މި ކޯހުގެ ބައިވެރިންގެ ތެރޭގައި އަންހެން ބައިވެރިއަކުވެސް ހިމެނެއެވެ.

އޭދަފުށްޓަކީ ދާދި ފަހުން ފުޓްބޯޅަ އެސޯސިއޭޝަން މޯލްޑިވްސް އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުތްބޯޅާ ކުރިއަރުވާ ތަރައްޤީކުރުމަށް ފުޓްބޯލް ޑިވޮލޮޕްމަންޓް ޒޯނަލް ބޭސްތައް ކަނޑައެޅުމުގެ ތެރެއިން އެ ރީޖަންގެ ޒޯނަލް ޑިވޮލޮޕްމަންޓް ބޭސްއެކެވެ. އެފް.އޭމް.އިން އަންނަނީ ދިވެހި ފުޓްބޯޅަ ކުރިއަރުވާ ތަރައްޤީކުރުމަށް ކަނޑައަޅައި އަމަލުކުރަމުން އަންނަ "ޓްވާރޑްސް ފިއުޗަރ" ޕްރޮޖެކްޓްގެ ދަށުން ކޯޗުން ތަމްރީންކުރުމަށް ފާހަގަކުރެވޭ މަސައްކަތްތަކެއް ކުރަމުންނެވެ. ދާދި ފަހުން އޭދަފުށީގައި ވަނީ އެފް.އޭ.އެމް ގެ ފަރާތުން ފުޓްބޯލް ގްރާސްރޫޓް ކޯހެއްވެސް ހިންގާފައެވެ.

މި ކޯހުގައި އިންސްޓްރަކްޓެއްގޮތުގައި ކޯހުގެ ބައިވެރިންނަށް މަޢުލޫމާތު ހިއްސާކުރުމުގައި އެފް.އޭ.އެމްގެ ކޯޗިން އެޑިއުކޭޝަން ޑިޕާރޓްމަންޓްގައި މަސައްކަތްކުރަމުން އަންނަ އޭ.އެފް.ސީ އިންސްޓްރަކްޓަ އަހުމަދު ޝަރީފް (ޑުންގާ) ހަރަކާތްތެރިވާނެއެވެ. އަދި މީގެ އިތުރުން ނިމިގެންދިޔަ އެފް.އޭ.އެމް ގެ އިންސްޓްރަކްޓަރ ކޯސް ފުރިހަމަ ކުރި މުޙައްމަދު އާދަމް ވެސް ކޯހުގައި އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާނެއެވެ.

ފޮޓޯ: ކްލަބް އޭދަފުށި



Leave a Comment:

Comments will be published after moderation.