News

ވިކްޓްރީ އާއި ނިލަންދޫ ވެސް ހިމެނޭގޮތަށް 9 ކުލަބާއި އެކު ހުކުރުދުވަހުގެ ހަވީރު ދިވެހި ޕްރިމިއަރ ލީގު ފަށަނީ

12 ޖޫން 2019






މިއަހަރުގެ ޕްރިމިއަރ ލީގް އަންނަ ހުކުރު ދުވަހު ފަށާއިރު 9 ކުލަބަށް ބައިވެރި ވެވޭނެކަން ޔަގީން ވެފައިވާކަމަށް ފުޓުބޯޅަ އެސޯސިއޭޝަން

(އެފްއޭއެމް)ގެ ޖެނެރަލް ސެކެޓްރީ ހުސައިން ޖަވާޒް(ޖަވާ) ވިދާޅުވެއްޖެއެވެ.

ބޯޅައެމްވީ އަށް މައުލޫމާތު ދެއްވަމުން ޖަވާ ވިދާޅުވީ ހުރިހާ ކްލަބަކުންވެސް މުބާރާތަށް ބޭނުވާ މުހިންމު ގިނަ ލިޔެކިޔުންތައް ހުށަހަޅާފައިވާކަމަށެވެ. ނަމަވެސް އަދި ބައެއް ކުދި ކުދި ކަންކަން ރަނގަޅު ކޮށްލަން ޖެހޭކަމަށް ޖަވާ ފާހަނގަ ކުރިއެވެ. ޖަވާ ވިދާޅުވީ އެފްއޭއެމް އިން ދެވެން އޮތް ލުޔެއްދީ އެއްވެސް ކުލަބަކަށް ފުރުސަތު ނުގެއްލޭނެހެން ދެވެން އޮތް ލުޔެއް ދީގެންނަމަވެސް ކަންކަން ކުރިޔަށް ގެންދަން އެފްއޭއެމްއިން މަސައްކަތް ކުރަމުންދާކަމަށް ޖަވާ ވިދާޅުވިއެވެ. 

" މިހާރު ހުރިހާ ކުލަބަކުން މުހިންމު ގިނަ ޑޮކިޔުމަންޓްސްތައް ވަނީ ގާއިގަނޑަކަށް ހުށަހަޅާފައި. އެކަމަކު އަދިވެސް އެބަހުރި ރަނގަޅު ކޮށްލަން ޖެހޭ ބައެއްކަންކަން. ކުދި ކުދި ކަންކަން ހުރިނަމަވެސް ހުރިހާ ކުލަބަކަށްވެސް ފުރުސަތު ނުގެއްލޭނެހެން އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން" ޖަވާ ވިދާޅުވިއެވެ. 

އެހެން ކަމުން މިހާރު ލީގަށް ކޮލިފައިވެފައިވާ ހުރިހާ ކުލަބެއް މިސީޒަނުގައި ފެންނާނެކަން މިހާރު ވަނީ ޔަގީންވެފައެވެ. މިއަހަރުގެ ލީގުގައި 10 ޓީމަށް ފުރުސަތު ދިންނަމަވެސް މިފަހަރު މުބާރާތް ކުޅޭނީ 9 ކުލަބުންނެވެ. 

އެއީ ކުލަބް އީގަލްސް އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންކުލަބު، ކުލަބު ގްރީންސްޓްރީޓް، ޓީސީ ސްޕޯޓްސް ކުލަބު، ވިކްޓްރީ ސްޕޯޓްްސް ކުލަބު، ފޯކައިދޫ އެފްސީ، ނިލަންދޫ އެފްސީ، ޔުނައިޓެޑް ވިކްޓްރީ އަދި މިއަހަރު އަލަށް ލީގަށް ކޮލިފައިވި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބެވެ. 

މިއަހަރު ލީގުން ފުރުސަތު ގެއްލުނު ކުލަބަކީ އެފްއޭއެމްގެ ހުރިހާ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފައިވާ ރާއްޖޭގެ އެންމެ ބޮޑު ކުލަބު ކަމުގައިވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ. 

ހުކުރު ދުވަހުގެ ހަވީރު ލީގު ފަށާއިރު، ލީގުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ނިލަންދޫ ސްޕޯޓްސް ކްލަބެވެ.

 

 



Leave a Comment:

Comments will be published after moderation.