News

ޝާޑު އަދި އަޒްމީ ފީފާ/އޭއެފްސީ ކޯޗިން އެޑިއުކޭޓަރ ކޯރސް ފުރިހަމަކޮށްފި

9 ޖޫން 2019






ފުޓުބޯޅަ ކޯޗް މުހައްމަދު ޝާހިދު (ޝާޑް) އަދި ފުޓުބޯޅަ އެސޯސިއޭޝަން އައްޑޫ އޮފީހުގެ، އެފްއޭއެމްގެ ޔޫތު ޑިވެލޮޕްމަންޓް(ވައިޑީޕީ) ކޯޗް އަޙްމަދު އަޒްމީ، ފީފާ/ އޭއެފްސީ ކޯޗިން އެޑިޔުކޭޓަރ ކޯރސް ފުރިހަމަ ކޮށްފިއެވެ.

މިކޯހަކީ ޕައިލެޓް ޕްރޮޖެކްޓްގެ ދަށުން 6 އަހަރު ދުވަހުގެ މުއްދަތައް ބަހާލައިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓެކެވެ. 6 އަހަރު ވަންދެން ކޮންމެ އަހަރަކު ކޮންމެވެސް އެއްގައުމެއްގައި މި ކޯސް ހަމަ މިބައިވެރިންނާއި އެކު ކުރިޔަށް ދާނެއެވެ. ނަމަވެސް އެއް އަހަރުން އަނެއް އަހަރަށް ދެވެނީ ކޮންމެ އަހަރަކު ފާސްވެގެންނެވެ. ރާއްޖޭގެ ދެ ކެންޑިޑޭޓުންވެސް ވަނީ ފުރަތަމަ އަހަރު ފުރިހަމަކޮށްފައެވެ.

އިންޑިއާގެ ގޯވާގައި ޖޫން 3 އަކުން 7 ގެ ނިޔަލަށް ކުރިއައްދިޔަ މި ކޯހުގައި ރާއްޖޭގެ އިތުރުން ދެން ބައިވެރި ވެފައިވަނީ ބޫޓާން، ނޭޕާލް، އިރާން، ސްރީލަންކާގެ އިތުރުން ކޯސް މިއަހަރު ބާއްވާ ގައުމު ކަމަށްވާ އިންޑިއާއެވެ. އިންޑިޔާ ފިޔަވައި އެހެން ހުރިހާ ގައުމަކުން ދެ ކެންޑިޑޭޓުން ވަނީ ބައިވެރިވެފައެވެ. ނަމަވެސް ކޯސްބާއްވާ ގައުމުގެ ގޮތުގައި އިންޑިއާ އަށް ވަނީ 6 ޖާގަ ދީފައެވެ.

މިކޯހުގައި ކިޔަވައިދީފައިވަނީ ސިންގަޕޫރު، އޮސްޓްރޭލިއާ އަދި އިންގްލެންޑްގެ ކޯޗަސް އެޑިއުކޭޓަރ (އިންސްޓްރެކްޓަރުން) ނެވެ. އަންނަ އަހަރު މި ކޯސް އޮންނަ ގައުމެއް އަދި ފައިނަލެއް ނުވެއެވެ.

 

 

 

 

FAM

Leave a Comment:

Comments will be published after moderation.