News

ޗެރިޓީޝީލްޑް މެޗްގެ ދެވަނަ ލެގް ކުޅޭ ތާރީޚް ފަސްކޮއްފި

9 ޖޫން 2019






ޗެރިޓީ ޝީލްޑް ދެވަނަ ލެގްގަ ޓީސީ ސްޕޯޓްސް އާއި ފޯކައިދޫ އެފްސީ މެޗް މާދަމާ ކުޅެން ކުރިން ހަމަޖެހިފައިވީ ނަމަވެސް މިހާރު މެޗް ކުޅޭނީ މާދަމާ ނޫން އަނެއް ދުވަހު ކަމަށް ފުޓުބޯޅަ އެސޯސިއޭޝައިން (އެފްއޭއެމް) އިން ބުނެފިއެވެ. 

އެފްއޭއެމްގެ އޮފިޝަލަކު ވިދާޅުވީ ކުރިން މިމަހުގެ 10 ވަނަ ދުވަހު މެޗް ކުޅެން ހަމަޖެހިފައިވީ ނަމެވެސް ފޯކައިދޫ ޓީމް މިއަދު މާލެ އަންނަ ގޮތަށް ހަމަޖެހިފައިވީނަމަވެސް މޫސުން ތަން ނުދިނުމުގެ ސަބަބުން އެޓީމަށް މާލެ ނާދެވި ލަސްވުމުގެ ސަބަބުން މެޗް ފަސްކުރަން ނިންމީ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. 

އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރުގެ ޗެރިޓީ ޝީލްޑް މެޗް ކުޅުމަށް ހަޖެހިފައިވަނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ. ފުރަތަމަ ލެގް ކުޅެފައިވަނީ ފޯކައިދޫ ފުޓުބޯޅަ ދަނޑުގައެވެ. އެމެޗް ވަނީ 1-1 އެއްވަރުވެފައެވެ. 

 ޗެރިޓީ މެޗް ކުޅުމަށް ޓީސީ އަށް ފުރުސަތު ލިބިގެންދިޔައީ މިދިޔަ އަހަރުގެ ލީގް ޗެމްޕިއަންގެ ގޮތުގައެވެ. ފޯކައިދޫއަށް ފުރުސަތު ލިބުނީ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ތިމަރަފުށި އެފުރުސަތު ދޫކޮށްލުމުން އެމުބާރާތުގެ ރަނަރަޕްގެ ގޮތުގައެވެ. 

DPL2019-20 FAM Foakaidhoo Sports Club TC Sports Club

Leave a Comment:

Comments will be published after moderation.