News
އަންހެން ޓީމުގެ އަމާޒަކީ ސާފް ގޭމްސްގައި ސެމީއާއި ހަމައަށް ދިޔުން
8 ޖޫން 2019
ރާއްޖޭގެ ގައުމީ އަންހެން ވޮލީޓީމް ޓީމްގެ ޓާގެޓަކީ ކުރިޔަށް އޮތް ދެމުބާރާތުގައި ރަނގަޅު ކުޅުމެއް ދެއްކޭތޯ ކަމަށް ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ބޯޅައެމްވީއަށް މައުލޫމާތު ދެމުން ލަތީފް ވިދާޅުވީ އަންހެން ޓީމްގެ އެންމެ ބޮޑު އަމާޒަކީ ކުރިޔަށް އޮތް ޖުލައި މަހުގެ 19 އިން 28 އަށް މޮރިޝަސްގައި ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިންލެންޑް ގޭމްސް(އައި.އޯ.އައި.ޖީ)ގައި ރަނގަޅު ކުޅުމެއް ދައްކައި އަދި ސާފް ގޭމްސްގެ ސެމީފައިނަލަށް ދިއުން ކަމަށެވެ. އައި.އޯ.އައި.ޖީ އަކީ ކޮންމެ 4 އަހަރަކުން 1 އަހަރު އިންޑިޔާކަނޑުގެ ޖަޒީރާ ރަށްތަކުގެ މެދުގައި ބޭއްވޭ މުބާރާތެކެވެ.
ޖުމްލަ 20 ކުޅުންތެރިންގެ ސްކޮޑަކާއެކު ތަޖުރިބާކާރު ކޯޗު އިބްރާހިމް ރަޝީދު (ސަތޯ) ގެ އިރުޝާދުގެ ދަށުން އަންހެންޓީމްގެ ފަރިތަކުރުންތަށް ފަށާފައިވަނީ މިދިޔައަހަރުގެ ނޮވެމްބަރމަހު އެވެ.
އަންހެން ވޮލީޓީމް ދެވަނައަށް މިއަހަރު ބައިވެރިވާނެ މުބާރާތަކީ މިއަހަރު ނޮވެމްބަރު 30 އިން ޑިސެމްބަރ 11 އަށް ފިލިޕީންސްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސައުތުއީސްޓް އޭޝިއަން ގޭމްސް ނުވަތަ އޭޝިއަން ގޭމްސް 2019 ގައެވެ. ވީ.އޭ.އެމް އިން މައުލޫމާތު ދޭގޮތުގައި މިމުބާރާތުގައި ބައިވެރި ކުރުމަށް ހަމަޖެހިފައިވަނީ ސީނިއަރ އަންހެން ޓީމް ނުވަތަ 23 އަހަރުން ދަށުގެ ޓީމް ކަމެއް އަދި ކަށަވަރެއް ނޫނެވެ.
Volleyball