News

ފޯކައިދު އަމިއްލަ ދަނޑުގައި ބަލިނުވާތާ 15 އަހަރު : މިއަދު ވެސް ވީ އެއްވަރު

7 ޖޫން 2019






މިއަދު ހަވީރު ފޯކައިދޫގެ އަމިއްލަ ދަނޑުގައި ފޯކައިދޫ އެފްސީ އާއި ޓީސީ ބައްދަލު ކުރި  ޗެރިޓީ ޝީލްޑް މެޗު 1 – 1 ކުން އެއްވަރުވެއްޖެއެވެ.

ފޯކައިދޫގެ މެނޭޖަރ އަހްމަދު އާސިފް ވިދާޅުވީ އެއްވެސް މެޗަކުން ފޯކައިދޫ އަމިއްލަ ދަނޑުގައި އެޓީމު ބަލި ނުވާތާ 15 ވަރަކަށް އަހަރު ވެދާނެކަށެވެ.

މިއަދު ޓީސީ ސްޕޯޓްސް އާއި އެކު ކުޅުނު މެޗް ނިމިގެންދިޔައީ އެކެއް އެކަކުން އެއްވަރު ވެގެންނެވެ. މިމެޗްގައި ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ދާދި އެއްވަރުގެ ކުޅުމެކެވެ. މެޗްގެ ފުރަތަމަ ގޯލް ފެނިގެން ދިޔައީ ޓީސީ ސްޕޯޓްސްގެ ފަރާތުންނެވެ. އެލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗްގެ 65 ވަނަ މިނެޓްގައި އެޓީމުގެ ޖަރޒީ ނަންބަރު 10 އިސްމާއިލް އީސަ(މެސީ) އެވެ.

ފޯކައިދޫ އެފްސީ ބަލި ނުވެ ސަލާމަތް ކޮށްދިން ގޯލް މެޗް ނިމެން 3 ވަރަކަށް މިނެޓަށް ވެފައި އޮތްވާ ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ހުސައިން ފަޒީލެވެ.

ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މެޗްގައި ދެޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރު ޗެރިޓީ ޝީލްޑް މެޗު ކުޅެން ހަމަޖެހިފައިވަނީ ދެލެގް ކުޅޭގޮތަށެވެ. ފަހުލެގް ކުޅުމަށް ހަމަޖެހިފައިވަނީ ގަލޮޅު ރަސްމީ ދަނޑުގައި މިމަހުގެ 10 ވަނަ ދުވަހު އެވެ.

ފޮޓޯ: ފޯކައިދޫ އެފް.ސީ

 

 



Leave a Comment:

Comments will be published after moderation.