News

ފޯކައިދޫ އާއި ޓީސީ މާދަމާ ކުޅޭ ޗެރިޓީ ޝީލްޑް މެޗް ބޯޅައެމްވީ އިން ލައިވް ކުރާނެ

7 ޖޫން 2019






މިއަހަރުގެ ސީޒަން ހުޅުވާ މެޗް ކަމަށްވާ ޗެރިޓީ ޝީލްޑް މެޗް ބޯޅަ އެމްވީގެ ފޭސްބުކް ޕޭޖްއިން ލައިވް ކުރުމަށްވަނީ ހަަމަޖެހިފައެވެ.

މިއަހަރުގެ ޗެރިޓީ ޝީލްޑް މެޗް ކުޅެން ހަމަޖެހިފައި ވަނީ އެހެން އަހަރުތަކާއި ޚިލާފަށް ހޯމް އެންޑް އަވޭގެ އުސޫލުން ދެލެގަށެވެ. މިއަހަރުގެ ސީޒަން ފަށާ މެޗްގައި ބައްދަލު ކުރާނީ މިދިޔަ އަހަރުގެ ލީގް ޗެމްޕިއަން ޓީސީ ސްޕޯޓްސް ކުލަބާއި މިނިވަން ޗެމްޕިއަންޝިޕްގެ ރަނަރަޕް ފޯކައިދޫ އެފްސީއެވެ. މި މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 07 ޖޫން 2019 ވާ ހުކުރުދުވަހު(މާދަމާ)ގެ ހަވީރު 16:00 ގައި ފޯކައިދޫ ފުޓުބޯޅަ ދަނޑުގައެވެ.

ބޯޅައެމްވީ އިން މިމެޗް ލައިވް ކުރާގޮތަށް ނިންމީ އެއްވެސް މީޑިޔާ އަކުން މި މެޗް ލައިވް ނުކުރާތީ މިމެޗަކީ ރަށެއްގައި ބާއްވާ މިފަދަ ފުރަތަމަ މެޗަށް ވުމުން ގިނަ ފަރާތްތަކަށް މި މެޗް ބެލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުންނެވެ. އަދި މިފުރުސަތުގައި އެފްއޭއެމް އިން ބޯޅައެމްވީއަށް މެޗް ލައިވް ކުރުމުގެ ހުއްދަ ދިންކަމަށްޓަކައި އެ އެސޯސިއޭޝަނަށް ބޯޅަ އެމްވީގެ ޓީމުގެ ފަރާތުން ޝުކުރު ދަންނަވަމެވެ.



Leave a Comment:

Comments will be published after moderation.