News

ޗެރިޓީޝީލްޑް މެޗް ކުޅުމަށް ޓީސީ ސްޕޯޓްސް ކްލަބު ފޯކައިދޫއަށް

6 ޖޫން 2019






މިއަހަރުގެ ސީޒަން ހުޅުވާ މެޗް ކުޅުމަށްޓަކައި ޓީސީ ސްޕޯޓްސް ކުލަބު ރޭ ފޯކައިދުއަށް ހިނގައްޖެއެވެ.

ޓީސީ އަށް މަރުހަބާކިޔުމަށް ފޯކައިދޫ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އިތުރުން އެރަށުގެ ކައުންސިލްގެ އިސްފަރާތްތަކާއި ރަށު ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ފާލަން ދޮށައްގޮސްފައެވެ.

ކޮންމެ އަހަރެއްގެ ސީޒަން ފެށުމުގެ ކުރިން ކުޅޭ ޗެރިޓީ ޝީލްޑް މެޗް މިފަހަރު ކުޅުމަށް ހަމަޖެހިފައި ވަނީ އެހެން އަހަރުތަކާއި ޚިލާފަށް ހޯމް އެންޑް އަވޭ އުސޫލުންނެވެ. މި ބަދަލަކީ އެފްއޭއެމް އިން އަންނަ އަހަރުގެ ލީގު ހޯމް އެންޑް އަވޭ އުސޫލުން ކުޅެވިދާނެތޯ ޓެސްޓް ކޮށްލުމައްޓަކައި ކުޅޭ މެޗެކެވެ. މި މަސައްކަތަކީ ގެއްލިފައިވާ ފުޓުބޯޅަ ފޯރި އަލުން އިޔާދަ ކުރުމުގެ ނިޔަތުގައި އެފްއޭއެމް އިން ފެށި މަސައްތެކެވެ.

މާދަމާ ފޯކައިދޫ ފުޓުބޯޅަ ސްޓޭޑިއަމްގައި ކުޅޭ ޗެރިޓީ ޝީލްޑް މެޗްގައި ބައްދަލުކުރާނީ މިނިވަންޗެމްޕިއަންޝިޕްގެ ރަނަރަޕް ފޯކައިދޫ އެފްސީ އާއި މިދިޔަ އަހަރުގެ ޕްރިމިއަރ ލީގްގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބެވެ. މިދެޓީމު ވެސް ވަނީ ލީގަށް ތައްޔާރު ވުމަށް ވަރައްކުރިން ފަރިތަކުރުންތައް ފަށައިފައެވެ.

ބޯޅަ އެމްވީއިން މުބާރާތަށް ތައްޔާރުވުމާއި ގުޅޭގޮތުން ނެގި އިންޓަވިއުގައި ދެކޯޗުން ވެސް ބުނެފައިވަނީ މި މެޗްއިން މޮޅުވާން ދެޓީމުން ވެސް މަސައްކަތް ކުރާނެކަމަށެވެ. އެހެންކަމުން މާދަމާ ކުޅޭ ޗެރިޓީ ޝީލްޑް މެޗް ވަރަށް ފޯރިގަދަވާނެކަމަށް ބެލެވެއެވެ.

 

Dhivehi Premier League DPL2019-20 Foakaidhoo Sports Club TC Sports Club

Leave a Comment:

Comments will be published after moderation.