News

މާޒިޔާއިން ސައުދީގެ ފުރަތަމަ ޑިވިޝަން ޓީމް ޖެޑާ ކްލަބް ބަލިކޮށްފި.

6 ޖޫން 2019






މާޒިޔާ މިވަގުތު ސައުދީ އަރަބިއްޔާގައި ކުރިއަށްގެންދާ ޓްރެއިނިންގް ކޭމްޕުގައި ކުޅުނު ފުރަތަމަ މެޗު އެޤައުމުގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ކްލަބެއްކަމަށްވާ ޖެޑާ ކްލަބުގެ އަތުން މޮޅުވެއްޖެއެވެ.


މާޒިޔާ މެޗު ކާމިޔާބު ކުރީ 1-2 ގެ ނަތީޖާއަކުންންވެ.
ޖެޑާ ކްލަބް އަކީ ސައުދީ އަރައްބިއްޔާގެ ފުރަތަމަ ޑިވިޝަނުގެ ކްލަބެކެވެ. ނިމިދިޔަ ސީޒަން ޖެޑާ ކްލަބް ނިންމާލީ އަށްވަނައިގައެވެ.


މިމެޗުގައި މާޒިޔާއިން ޖެހި ދެގޯލްވެސް ކާމިޔާބުކޮށްދިނީ މިސީޒަންގައި މާޒިޔާއަށް ގުޅުނު މިވަގުތު ދިވެހި ރާއްޖޭގައި ހުރި އެންމެ ކުރިއަރަމުން އަންނަ އުއްމީދީ މިޑް ފީލްޑަރ، އިބްރަހީމް ވަހީދު (އިއްބެ) އެވެ.

ނިމިދިޔަ މެއި މަހު 30 ވަނަ ދުވަހު މާޒިޔާއިން ސައުދީއަށް ގޮސް ފުރިހަމަ ކުރަމުން އަންނަ 12 ދުވަހުގެ ޓްރެއިނިންގ ކޭމްޕް ނިންމާލުމަށްފަހު އެނބުރި ރާއްޖެ އަންނާނެ ކަމަށް ބެލެވެނީ މިމަހު 13 ވަނަ ދުވަހުއެވެ.


މިއީ މާޒިޔާއިން މިސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުރާ ދެވަނަ ޓްރެއިނިންގ ކޭމްޕްއެވެ. މީގެ ކުރިން އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އދ.މަހިބަދޫގައިވެސް ވަނީ ޓްރެއިނިންގ ކޭމްޕެއް ފުރިހަމަކޮށްފައެވެ.


މި ސީޒަންގެ ދިވެހި ޕްރިމިއަރ ލީގުގައި މާޒިޔާ ފުރަތަމަ މެޗު ކުޅެން ޖެހޭނީ މި ސީޒަނުގައި ވަރުގަދަ ސްކޮޑަކާއި އެކު ލީގަށް އަމާޒުހިފާފައިއޮތް ކްލަބް ގްރީން ސްޓްރީޓްސް އާއި މިމަހު 19 ވަނަ ދުވަހުގެ ހަވީރުއެވެ.



Leave a Comment:

Comments will be published after moderation.