News

އިންޓަރނޭޝަނަލް ކޯޗިން ކޯސް ޝިޔާނާ ފުރިހަމަކޮށްފި

5 ޖޫން 2019






މާރިޗް އިން ޖޫން 2019 ގެ ނިޔަލަށް ހަންގޭރީގައި ބޭއްވި އިންޓަރނޭޝަނަލް ކޯޗިން ކޯރސް އާމިނަތު ޝިޔާނާ ފުރިހަމަ ކޮއްފިއެވެ.

ރާއްޖޭގެ އޮލިންޕިކް ކޮމިޓީން ހުޅުވާލި ފުރުސަތެއްގައި ޝިޔާނާގެ ނަން ފޮނުވާފައި ވަނީ އެފްއޭއެމްގެ ފަރާތުންނެވެ. ތިއަރީ އަދި ޕްރެކްޓިކަލް ހިމެނޭހެން 12 މާއްދާ ކިޔަވައިދިން މި ކޯހުން ޝިޔާނާ ވަނީ ފުޓުބޯޅަ ހިމެނޭ ހުރިހާ ބައިތަކުން ފުލް މާރކްސް ހޯދާފައެވެ.

މިކޯހުގައި ކިޔަވައި ދީފައިވާ މާއްދާތަކަކީ ސްޕޯޓް ޕެޑައަގޮޖީ، ސްޕޯޓްސް މެނޭޖްމަންޓް، ނިއުޓްރިޝަން، ސްޕޯޓް ސައިކޮލޮޖީ، ޓްރެއިނިންގް ތިއަރީ، ސްޕޯޓް ފިޒިއަލޮޖީ، ހިޔުމަން ބައިލޮޖީ، ސްޕޯޓްސް އިންޖަރީސް، ރިސާރޗް މެތަޑްސް، ސްޕޯޓް ކޮމިޔުނިކޭޝަން އަދި ޖެނަރަލް ކޮންޑިޝަނިން ހިމެނެއެވެ.

ޝިޔާނާ އަކީ ކުރީގެ ގައުމީ އަންހެން ޓީމުގެ ކުޅުންތެރިއެކެވެ. ރާއްޖޭގެ ޤައުމީ އަންހެންޓީމުގެ ގޯލްކީޕަރެއްގެ ގޮތުގައި ދުވަސްތަކެއް ވަންދެން ކުޅުމަށްފަހު ކޮނޑަށް ލިބުނު އަނިޔާ އަކާއި ގުޅިގެން ކޮނޑުގެ އޮޕަރޭޝަން ކުރުމަށްފަހު ދެން ޝިޔާނާ ފެނިގެން ދިޔައީ އެފްއޭއެމް އިން ހިންގި "ސީ" ލައިސަންސް ކޯޗިން ކޯހުންނެވެ. ޝިޔާނާ އަކީ މިހާރު ކުޑަކުދިން ޓްރެއިން ކުރުމުގައި ހަރަކާތްތެރިވާ ކޯޗެކެވެ.

 

FAM

Leave a Comment:

Comments will be published after moderation.