News

ފޯކައިދޫގެ ބިދޭސީ ކުޅުންތެރިޔާ ސަޔެޑް ރާމޯސްގެ ފަރާތުން ރީތި ނަމޫނާ އެއް

3 ޖޫން 2019






ފުރަތަމަ ޑިވިޝަންގަ ވާދަކުރާ ފޯކައިދޫ އެފްސީ ސީޒަން ހުޅުވުމަށް ކުޅޭ ޗެރިޓީ ޝީލްޑް މެޗަށް ތައްޔާރު ވުމަށް މިމަހުގެ އެއްވަނަ ދުވަހު ކޭމްޕް ކުރުމަށް ކުރި ދަތުރުގައި ފާހަގަވެގެން ދިޔަ އެއްކަމަކީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ މިސްރުގެ ސަޔެޑް ރާމޯސް ފަރާތުން ފެނިގެން ހިތްގައިމު ރީތި މަންޒަރެވެ.

ފޯކައިދޫ އަށް ދޯނީގައި 10 ގަޑި އިރުން ދެވޭ އެދަތުރުގައި ރާމޯސް ދިޔައީ ކީރިތި ގުރުއާން (ޚަތިމް) ހިފައިގެންނެވެ. ރާމޯސްގެ އިތުރުން ފޯކައިދޫގެ ދެން ބިދޭސީ ކުޅުންތެރިން ވެސް ފޯނުން ގުރުއާން ކިޔެވި ތަން ފެނިގެން ދިޔައެވެ.

ދަތުރު ނިމި އެރަށަށް ފޭބި އިރުވެސް ރާމޯސް އަތުގައި ޚަތިމް އޮތްތަން ފޯކައިދޫ ލައިވް ފޭސްބުކް ޕޭޖަށް ލައިފައިވާ ފޮޓޯތަކުން ފެނެއެވެ. ފޯކައިދޫ އެފްސީގެ ބިދޭސީ ކުޅުންތެރިންގެ ފަރާތުން ފެނިގެން މިދިޔަ ރީތި މިސާލުން ގިނަބައެއްގެ ލޯބި އެމީހުންނަށް ލިބިގެން ދިޔައެވެ. މިއީ އަހަރެމެންގެ ތެރެއިން ވަރަށް ނުފެންނަ މަންޒެކެވެ.

ކޮންމެ ކަމެއް ކުރި ނަމަވެސް އަދި ކިތަންމެ ބިޒީ ވިޔަސް ދީނީ ކަންކަމަށް ފަރުވާ ބަހައްޓަންޖެހޭނެއެވެ. އަދި އެކަންކަން ރަނގަޅު ވެއްޖެނަމަ އިންސާނާ ކުރާ އެހެން ކަންކަމުގައި ކާމިޔާބު ލިބުމަށް މަގުފަހިވެއެވެ. ބޯޅައެމްވީ އިން ރާމޯސް އާއި އޭނާގެ ޓީމަށް މިސީޒަނުގައި ކާމިޔާބު ސީޒަނަކަށް އެދެމެވެ.

އެހެން އަހަރުތަކާއި ޚިލާފަށް މިފަހަރު ޗެރިޓީ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ހޯމް އެންޑް އަވޭ އުސޫލުން ކަމަށް ވާތީ ފޯކައިދޫގެ ހޯމްގައި ކުޅޭ މެޗް މިމަހުގެ 7 ވަނަ ދުވަހު ކުޅޭގޮތަށް އެފްއޭއެމް އިން ވަނީ ނިންމާފައެވެ.

މިމެޗްގައި ފޯކައިދޫ އެފްސީ އާއި ދެކޮޅަށް ކުޅޭނީ މިދިޔައަހަރުގެ ޕްރިމިއަރ ލީގުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބެވެ. ޓީސީގެ ހޯމްގައި ކުޅޭމެޗް އޮންނާނީ މިމަހުގެ 10 ވަނަ ދުވަހު ގަލޮޅު ރަސްމީ ދަނޑުގައެވެ.

ފޯކައިދޫއަށް މިމެޗް ކުޅެން ފުރުސަތު ލިބިފައިވަނީ ނިމިދިޔަ އަހަރު މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ތިމަރަފުށި ޓީމަށް ލިބުނު ފުރުސަތު އެޓީމުން ދޫކޮށްލުމުން ރަނަރަޕް ޓީމުގެ ގޮތުގައެވެ.

 



Leave a Comment:

Comments will be published after moderation.