News

ފޯކައިދޫ ޓީމަށް އުފަން ފަސްގަނޑުން ހޫނު މަރުހަބާއެއް

3 ޖޫން 2019






މިއަހަރުގެ ޕްރިމިއަރ ލީގުގައި ކުޅޭ ފޯކައިދޫ އަށް ނިސްބަތްވާ ފޯކައިދޫ އެފްސީ ޓީމް އެރަށަށް ދިޔުމުން އެރަށުގެ ރައްޔިތުން ރަށު ޓީމަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މި މަހުގެ އެއްވަނަ ދުވަހު ފޯކައިދޫ ޓީމް އެކުލަބު ނިސްބަތްވާ ރަށުގައި ކޭމްޕުކޮށްފައި މިވަނީ ޕްރިމިއަރ ލީގް ހުޅުވުމަށް ކުޅޭ ފުރަތަމަ މެޗް ކަމުގައިވާ ޝެރިޓީ ޝީލްޑް މެޗް ކުޅުމަށް އެޓީމް ތައްޔާރުވުމުގެ ގޮތުންނެވެ.

އެހެން އަހަރުތަކާއި ޚިލާފަށް މިފަހަރު ޗެރިޓީ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ހޯމް އެންޑް އަވޭ އުސޫލުން ކަމަށް ވާތީ ފޯކައިދޫގެ ހޯމްގައި ކުޅޭ މެޗް މިމަހުގެ 7 ވަނަ ދުވަހު ކުޅޭގޮތަށް އެފްއޭއެމް އިން ވަނީ ނިންމާފައެވެ.

މިމެޗްގައި ފޯކައިދޫ އެފްސީ އާއި ދެކޮޅަށް ކުޅޭނީ މިދިޔައަހަރުގެ ޕްރިމިއަރ ލީގުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބެވެ. ޓީސީގެ ހޯމްގައި ކުޅޭމެޗް އޮންނާނީ މިމަހުގެ 10 ވަނަ ދުވަހު ގަލޮޅު ރަސްމީ ދަނޑުގައެވެ.

ފޯކައިދޫއަށް މިމެޗް ކުޅެން ފުރުސަތު ލިބިފައިވަނީ ނިމިދިޔަ އަހަރު މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ޓީމް ތިމަރަފުށި އެ ފުރުސަތު ދޫކޮށްލުމުން ރަނަރަޕް ޓީމުގެ ގޮތުގައެވެ.

މިމެޗް ހޯމް އެންޑް އަވޭ އުސޫލުން ކުޅެން ހަމަޖެހުން ވެގެންދާނީ ރަށުގެ ރައްޔިތުން އެއްބައިވަންތަ ކުރުވާ އަދި ގެއްލިފައިވާ ފުޓުބޯޅަ ފޯރި އަލުން އިޔާދަވެ ރަށުގެ ފުޓުބޯޅައަށް ކުރިއެރުން ލިބިގެންދާނެ ކަމަކަށެވެ.

އެފްއޭއެމް އިން މުބާރާތުގެ މެޗްތައް ކުޅެން ހުއްދަދެނީ އެ އެސޯސިއޭޝަނުން ބަލާ މިންގަނޑު ތަކަށް އެރަށެއްގެ ދަނޑު ފެތޭކަމުގައިވާނަމައެވެ. އެހެންކަމުން އެފަދަ ކަންކަން އެދަނޑެއްގައި ފުރިހަމަ ވެގެންދާނެއެވެ. މިއީވެސް ރަށުގެ ފުޅުބޯޅަ ކުޅޭ ޒުވާނުނަށް ލިބިގެންދާނެ ފަސޭހައެކެވެ.



Leave a Comment:

Comments will be published after moderation.