News

މާޒިޔާގެ ޔޫތް ޓީމަށް ކުޅުންތެރިން ހޮވާ ޓްރަޔަލްތައް ހޯމަ ދުވަހު

6 ޖެނުއަރީ 2019






ފެބުރުއަރީމަހު ފެށުމަށް ހަމަޖެހިފައިވާ ޔޫތް ޗެމްޕިއަންޝިޕްގައި މާޒިޔާ ސްޕޯރޓްސް އެންޑް ރިކުރިއޭޝަންއިން ނިކުންނަ ޓީމަށް ކުޅުންތެރިން ހޮވުމަށްބާއްވާ ޓްރަޔަލްތައް ޖަނަވަރީ 7 ވާ ހޯމަ ދުވަހު އޮންނާނެއެވެ. މި ޓްރަޔަލް ތަށް ކުރިއަށްދާނީ ހޯމަ ދުވަހުގެ ހަވީރު 4 ޖަހާއިރު އެފް.އޭމް.އެމް ޓާރފް ދަނޑުގައިކަމަށް މާޒިޔާގެ ފޭސްބުކް ޕޭޖްގައިކޮށްފައިވާ ޕޯސްޓްގައިވެއެވެ.

މާޒިޔާ އަންނަނީ ޔޫތް މުބާރާތް ބާއްވަން ފެށިފަހުން ކޮންމެ އަހަރަކުވެސް ބައިވެރިވަމުންނެވެ. 2017 ވަނަ އަހަރުގެ މުބާރާތުގައި މާޒިޔާއިން ފައިނަލްގައި ކުޅެ ބަލީވީ ކްލަބް އީގަލްސް އަތުން ޕެނަލްޓީ ޖަހައިގެންނެވެ. އަދި ނިމިދިޔަ 2018 ވަނަ އަހަރު މާޒިޔާ ވަނީ ގްރޫޕް ސްޓޭޖުން ކަޓައިގެންގޮސްފައެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަންއަކީ ކްލަބް ގްރީން ސްޓްރީޓްސްއެވެ. މިދިޔަ އަހަރު ގްރީން ސްޓްރީޓުން މުޅިން އަލަށް ޔޫޓް ޗެމްޕިއަންޝިޕަށް ނިކުމެ ތަށި ކާމިޔާބުކުރީ ޔޫތް ޗެމްޕިއަންޝިޕްގެ އެންމެ ކާމިޔާބު ޓީމު، ކްލަބް އީގަލްސްގެ މައްޗަށް ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ކުރި ހޯދައިގެންނެވެ.

މާޒިޔާ ވެގެންދާނީ މުބާރާތައް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރުންތައްފަށާ ފަސްވަނަ ޓީމަށެވެ. ނިއު ރޭޑިއަންޓް ސްޕޯރޓްސް ކްލަބް،ކްލަބް އީގަލްސް، ކްލަބް ގްރީން ސްޓްރީޓްސް އަދި މުޅިން އަލަށް ޔޫތް މުބާރާތަށް ނިކުންނަ، ފޯކައިދޫ އިންވެސް ފަރިތަކުރުންތައް މިހާރު ވަނީ ފަށާފައެވެ.

މިއަހަރުގެ އެފް.އޭ.އެމް ގެ ޔޫތް ޗެމްޕިއަންޝިޕް ފަށަން ހަމަޖެހިފައިވަނީ އަންނަ ފެބުރުއަރީ މަހުގެ 3 ވަނަ ދުވަހުއެވެ.

އެފް.އޭ.އެމް އެފް.އޭމް.އެމް 21 އަހަރުން ދަށުގެ ޔޫތް ޗެޕްޕިއަންޝިޕް މާޒިޔާ ސްޕޯރޓްސް އެންޑް ރިކުރިއޭޝަން

Leave a Comment:

Comments will be published after moderation.