News
ނިލަންދޫގެ ކޯޗްކަމަށް ފެސްކޯ
29 މެއި 2019
.އައު ސީޒަނަށް ފަރިތަކުރުންތައް ނުފަށާ ހަމައެކަނި ޓީމް ކަމަށްވާ ނިލަންދޫގެ ކޯޗް ކަމަށް އަހްމަދު މުޖުތަބާ (ފެސްކޯ) ހަމަޖައްސައިފިއެވެ
ފެސްކޯ މިފަހަރު ނިލަންދޫގެ ކޯޗްގެ ގޮތުގައި ފެނިގެންދާއިރު، ނިލަންދޫ މާދަމާ ރޭ ފަރިތަކުރުންތަށް ފަށާނެކަމަށް އެ ޓީމުންވަނީ މައުލޫމާތުދީފައެވެ. ދެން ހުރި ހުރިހާ ޓީމެއް ޓްރާންސްފަރ ބާޒާރުގައާއި ފަރިތަކުރުންތަކުގައި އަވަދިނެތި އުޅުން އިރު ނިލަންދޫ އޮތީ ހަމަޖެހިލައިގެންނެވެ. އޭ.އެފް.ސީގައި ކްލަބް ރަޖިސްޓްރީ ކުރުމުގެ ކަންކަން ހަލުވިކަމާއެކު ކުރިއަށް ދާއިރު ސީޒަން ފެށުމުގެ ކުރިން އެ މަސައްކަތް ނިމިގެންދާނެކަމަށް ބެލެވެއެވެ
އަންނަ މަހުގެ 7ވަނަ ދުވަހާއި 10ވަނަ ދުވަހު ޗެރިޓީ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު ފާހަގަކޮށްލަންޖެހޭ ކަމަކީ މިފަހަރުގެ ޗެރިޓީ މެޗު ދެ ލެގަކަށް ކުޅެވިގެންދާނެކަމެވެ. އެގޮތުން 7ވަނަ ދުވަހު ސީޒަން ހުޅުވާ މެޗު ކުޅެވިގެންދާނީ ށ.ފޯކައިދޫ ފުޓުބޯޅަ ދަނޑުގައެވެ. ދެވަނަ ލެގު 10ވަނަ ދުވަހު ކުޅެވޭނީ ގަލޮޅު ރަސްމީ ދަނޑުގައެވެ. ޗެރިޓީ މެޗުގައި ވާދަކުރާނީ ފޯކައިދޫ ޓީމާއި އެންމެ ފަހުގެ ޗެމްޕިއަން ޓީސީއެވެ.
Dhivehi Premier League F.Nilandhoo