News

އިންމަ ޓީސީ އަށް

28 މެއި 2019






ދާދި ފަހަކާ ޖެހެންދެން އެއްވެސް ޓީމަކާއި ނުގުޅި ހުރި އިންމަ ޓީސީ އަށް ސޮއިކޮށްފިއެވެ. ނިއުގެ ސަސްޕެންޝަނާއި އިންމަގެ ކޮންޓްރެކްޓް ބާތިލް ކުރުމާއި ގުޅިގެން އިންމަ ވަނީ އެހެން ކުލަބަކަށް ކުޅުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އަދި އެހެން ކުލަަބަކުން ފެނިދާނެ ކަމަށްވެސް ވަނީ ބުނެފައެވެ. ދިވެހީންގެ ލޯބި ހޯދާފައިވާ އިންމަޔަކީ ގިނަ ބަޔެށް ޤަބޫލުކުރާ ގޮތުގައި ދިވެހީން ދުއް އެންމެ މޮޅު ކީޕަރެވެ

 

2015 – 2017 އާ ހަމައަށް ކޮންމެ އަހަރެއްގައި ދިވެހި ޕްރީމިއަރ ލީގުގައި ޓީސީ އިން ވަނީ ރަނާރ އަޕް ކަން ކާމިޔާބުކޮށްފައެވެ. އަދި 2017 ވަނަ އަހަރު ޝައިޚް ކަމާލް އިންޓަރނޭޝަނަލް ކަޕް ވަނީ ކާމިޔާބު ކޮށްފައެވެ. އަދި މިދިޔަ އަހަރުގެ ޕްރީމިއަރ ލީގު ކާމިޔާބުކޮށް ތަށިއުފުލައިލީވެސް ހަމަ ޓީސީ ސްޕޯރޓްސް ކުލަބުންނެވެ. އިމްރާން ގުޅުން ވާނީ  ޓީސީއަށް ލިބުނު އިތުރު ހިއްވަރަކަށެވެ. ޓީސީގެ ދޑިފެންސަށް ލިބިގެންދާ އިތުރު އާރޯކަމަކަށެވެ

 

ޕްރީމިއަރ ލީގު ފެށެން ބާކީ 18 ދުވަހެވެ. ލީގު ފެށެން މިހާ ކުޑަތަން ވެފައިވާއިރު 7 ޖޫންގައި ސީޒަން ހުޅުވާ މެޗުގައި ފޯކައިދޫ ދަނޑުގައި ވާދަކުރަނީ  ޓީސީއާއި ފޯކައިދޫ ފ.ކ އެވެ. އެމެޗުގެ ދެވަނަ ލެގުގައި 10 ޖޫންގައި ގަލޮޅު ދަނޑުގައި  މިދެޓީމު ދެވަނަ ފަހަރަށް ވާދަކުރާނެއެވެ

އިމްރާން އެފް.އޭ.އެމް ދިވެހި ޕރީމިއަރ ލީގް ޓީސީ ސ..ކ

Leave a Comment:

Comments will be published after moderation.