News

ފޯކައިދޫގެ ގޯލް ކީޕަރ ޓްރެއިނާރ އަކަށް މުހައްމަދު އަކްރަމް

31 މެއި 2019






ވެލެންސިއާގެ ކީޕަރަކަށް ކުޅުނު މުޙައްމަދު އަކްރަމް ފޯކައިދޫ ފ.ކ ގެ ގޯލް ކީޕަރ ޓްރެއިނާރ އަކަށް ހަމަޖެހިއްޖެއެވެ. ބޯޅައެމްވީއަށް މިޚަބަރު ލިބުމާއި ގުޅިގެން އަކްރަމްގެ ބަހެއް ހޯދީމެވެ

އަކްރަމާއި ބައްދަލުކޮށް މިއީ ކިހިނަކުންވީ ކަމެއްތޯ ސުވާލު ކުރުމުން ބުނުއްވީ މިއީ ފޯކައިދޫ ފ.ކ ގެ ކޯޗް ޢަލީ ނިސްތާރުގެ ވަރަށް ބޮޑު އެދިލެއްވުމަކަށް އެއްބަސްވީ ކަމެއްކަމަށެވެ. ނިސްތާރު ކޯޗް އަކްރަމް ކައިރީ މިކަން ކޮށްދިނުމަށް ބުނާތާ ވަރަށް ދުވަސްވެއްޖެ ކަމަށެވެ

"މިއީ ވަރަށް ޒުވާން ކުޅުންތެރިން ހިމެނޭ ޓީމެއް، މިޓީމާއެކު މަސައްކަތްކުރުމަށް އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ." އަކްރަމް ބޯޅައެމްވީއަށް މަޢުލޫމާތު ދެމުން ބުންޏެވެ. "އަޅުގަނޑު އަލުން އަނބުރާ ފުޓުބޯޅައިގެ ދުނިޔެއަށް މިވަނީ ވަރަށް ދުވަސްވަންދެން ދުރުގައި ހުރުމަށް ފަހު." އަކުރަމް އިތުރަށް ކިޔަދިނެވެ. "މިޓީމުގައި އެބަތިބި ބިދޭސީ ކީޕަރުގެ މަގާމު އަދާކުރެވޭވަރުގެ ދިވެހި ދެ ކީޕަރުން، އަޅުގަނޑު ބޭނުންވަނީ މުސްތަޤްބަލުގައި ދިވެހި ކުޅުންތެރިންނަށް ފުރުސަތު ލިބިގެންދާތަން ފެނުން، އެއްވެސް ގޮތަކަށް ބޭރު ކުޅުންތެރީންނަކަށް ބަރޯސާވާކަށް އަޅުގަނޑުގެ ހިތެއް ނޭދެ، ދެކެންވެސް ބޭނުމެއްނޫން." އަކުރަމްގެ ހިތުގެ ޝުޢޫރުތަށް ބޯޅައެމވީއާއި ހިއްސާކުރިއެވެ

"އެފްއޭއެމް އިން އެފާސްކުރަން ނިންމީ ވަރަށްވެސް ރަނގަޅު ގަވާޢިދެއް، އެގޮތަށް އެކަންވެއްޖެނަމަ މުސްތަޤްބަލުގައި ދިވެހި ކީޕަރުންނަށް ލިބިގެންދާ ފުރުސަތުތަށް ވަރަށްވެސް ގިނަވާނެ، ނަމަވެސް އެފްއޭއެމްއިން އެ ގަވާޢިދު ތަންފީޒުކޮށްގެން އެކަނި މިކަމެއް ނުވާނެ، ކީޕަރުންނަށް ލިބެންޖެހޭ ތަމްރީނާއި އެހެނިނެން ފުރުސަތުތައް ބަރާބަރަށް ހޯދައިދީގެން މިކަންވާނީ." އެފްއޭއެމްއިން ފާސްކުރަން އުޅޭ ގަވާޢިދާބެހޭގޮތުން ދެކިލައްވާ ގޮތް އަހާލުމުން އަކުރަމް ޖަވާބުދިނީ މިހިންނެވެ

 

Club Valencia DPL2019-20 Foakaidhoo Sports Club

Leave a Comment:

Comments will be published after moderation.