News
އިމްރާން ނިއު ރޭޑިއަންޓް އަނބުރާ ކޮޅަށްޖެހުމަށް މަސައްކަތް ފަށައިފި
27 މެއި 2019
ދިވެހި ފުޓުބޯޅައިގައި އެންމެ ވިދަމުން އަންނަ ނިއު ރޭޑިއަންޓްއަންނަނީ އެފްއޭއެމްގެ ސަސްޕެންޝަން ތަހައަމަލްކުރަމުންނެވެ. ކުޅުންތެރިންނަށް މުސާރަ ނުދިނުމާއި ގުޅިގެން އެފްއޭއެމްއިން މިއެޅި ފިޔަވަޅުގެ ރަހަ ނިއުރޭޑިއަންޓްއަށް ވަރަށްވެސް ހިއްޗެވެ. ކުލަބުގެ ނާއިންސާފް ޢަމަލުތައް އެންމެ ރަނގަޅަށް އިޙްސާސް ކުރެވޭނީ ކުޅުންތެރިންނަށް ނޫން ދެން ކޮން ބަޔަކަށްތޯއެވެ؟ ނަމަވެސް ކްލަބުން ކޮންމެގޮތެއް ހަދައިފައިވިޔަސް ހެޔޮކަމަށް ނިންމައި އެ ކުލަބުގެ، އަދި ދިވެހި ފުޓުބޯޅިގެ އެންމެ އުސްމިނަށް ވާސިލްވެފައިވާ އިންމަ ކުލަބު ކޮޅަށް ޖެހުމުގެ މަސައްކަތައިގެން ނިކުމެއްޖެއެވެ.
ކުލަބުގެ ހިތްމަރުވެފައިވާ ސަޕޯޓަރުންނާއި ހެޔޮއެދޭ ފަރާތްތަކަށް މިއީ ވަރަށްވެސް އުފާވެރި ޚަބަރަކަށް ވާނެކަންމީ ޝައްކެއްވެސް އޮތް ކަމެއްނޫނެވެ. އިންމަ ބުނެފައިވަނީ ކުލަބަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމަށާއި ބޭނުންވެދާނެ ކޮންމެކަމަކަށްވެސް އިންމަ އެހެރީ ތައްޔާރަށް ކަމަށެވެ
އެފްއޭއެމްއިން ނިއު ރޭޑިއަންޓް ސަސްޕެންޑް ކޮށްފައިވަނީ ނިމިގޮސްފައިވާ ޖަނަވަރީ މަހުގަޔެވެ. މިސަސްޕެންޝަން ގުޅިފައިވަނީ އިމްރާނާއި ނިއުގެ އެހެން ކުޅުންތެރިން ހުށަހަޅާފައިވާ މައްސަލަތަކާއި ގުޅިގެންކަމަށް އެފްއޭއެމްއިން ބުނެފައިވެއެވެ. ނަމަވެސް އެންމު ފަހުވަގުތާޖެހެންދެންވެސް ކުލަބުން ބުނަމުންއައީކީ މިހިނަކުންނޫނެވެ. ކުލަބުން ބުނަނީ، މިސަސްޕެންޝަން ބޯމަތިވީ އެފްއޭއެމްގެ ވެރީންގެ އިތުބާރު ނެތް މައްސަލައެއް ހުށަހެޅުމާއި ގުޅިގެން ކަމަށެވެ
އިންމަވެސް ވަނީ އެފްއޭއެމްގެ ނިންމުމާއިމެދު ސުވާލުތަކެއް އުފައްދާފައެވެ. އޭނާ ބުނެފައިވަނީ އެފްއޭއެމްއިން މިފިޔަވަޅުއެޅީ އޭނާޔާއި ދެންތިބި ބޭއިންސާފުން އަމަލުކުރެވިފައިތިބި ކުޅުންތެރިންގެ ޙައްޤުތައް ހޯދަދިނުމަށް ކަމަށް ބުނެފައިވާއިރު، އަދިއަދަށް ދާންދެންވެސް މުސާރަ ލިބިފައިނުވުން އެއީ ޤަބޫލު ނުކުރެވޭ ކަމެއް ކަމަކަށެވެ. އަދި އޭގެ އިތުރުން ނިއު އަސްލު ސަސްޕެންޑް ކުރެވިފައިވަނީ ކުޅުންތެރިންގެ ޙައްޤުގައިތޯ ނުވަތަ އެފްއޭއެމްގެ ހުށައެޅިފައިވާ މައްސަލައިން ރެކުމަށްތޯ ނުވަތަ އެހެން ކުލަބަކަށް ފައިދާއަކަށްކޮށްފައިވާ ކަމެއްތޯޔާ ދޭތެރޭ އޭނާ ސުވާލު އުފެއްދިއެވެ
އިމްރާންގެ ފުރިހަމަ އެއްބާރުލުން ކުލަބަށް މިމައްސަލައިގައި ލިބިގެންދާނޭކަމުގެ ޔަޤީންކަން އިންމަދެޔެވެ. އަދި ކުރިޔަށްއޮތް ލީގުގައި ކުލަބު ބައިވެރި ކުރުމަށް އިންމައަށް ކޮށްދެވެންއޮތްހާ ކަމެށް އިންމަ ކޮށްދޭން ތައްޔާރަށް ހުރިކަމަށްވެސް އޭނާ ބުންޏެވެ
New Radiant Sports Club