News
ފައިސަލް ދަ ގްރާންޑޭ އަށް؟
26 މެއި 2019
ގައުމީ ޓީމުގެ އެއްނަންބަރު ގޯލް ކީޕަރު މުހައްމަދު ފައިސަލް އަންނަ ސީޒަނުގައި ދަ ގްރާންޑޭ އަށް ކުޅެން ސޮއިކޮށްފި ކަމަށް ބައެއް މީޑިޔާ ތަކުން ރިޕޯޓްކޮށްފިއެވެ.
މީޑިޔާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ފައިސަލް ދަ ގްރާންޑޭގެ ޕްރެކްޓިހުގައި މާދަމާނޫން އަނެއްދުވަހު ބައިވެރިވާން ފަށާނެ އެވެ.
ފައިސަލް ދަ ގްރާންޑޭ އަށް ސޮއި ކުރިކަން ޔަގީން ކުރުމަށް ބޯޅަ އެމްވީ އިން ގުޅާލުމުން މީޓިއެއްގައި އިންކަމަށާއި މެސެޖް ކުރަން އެދުމުން މެސެޖް އަށް އަދި ޖަވާބެއް ނުދެއެވެ. މީގެ ދެތިން ދުވަސް ކުރިން ބޯޅައެމްވީ އަށް މައުލޫމާތު ދެމުން ފައިސަލް ބުނީ އަދި އެއްވެސް ޓީމަކާއި އެކު ރަސްމީކޮށް ވާހަކަ ދެކެވެމުން ނުދާކަމަށެވެ.
އެންމެ ފަހުގެ ސާފް ޗެމްޕިއަންޝިޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފައިސަލް އެންމެ ފަހުން ކުޅުނީ ނިއުރޭޑިއަންޓަށެވެ. ކުޅުންތެރިންނަށް މުސާރަނުދޭތީވެ އެފައިސާ ހަލާސްކޮށް ނިމެންދެން ނިއު ވަނީ ސަސްޕެންޑޮށްފަ އެވެ. އަދި ފީފާއިން ވެސް ވަނީ ނިއުރޭޑިއަންޓަށް ކުޅުނު އަމީރީގެ މުސާރަ ނުދީގެން ކުރިން އެޓީމު ޖޫރިމަނާ ކުރަން ނިންމި ނިމުން ތަންފީޒުކުރަން ނިންމާފައެވެ.
އޭވައިއެލް އާއި ވިކްޓަރީ އަދި ވެލެންސިއާގެ ގޯލު ވެސް ބެލެހެއްޓި ފައިސަލް ދަ ގްރާންޑޭ އަށް ބަދަލުވިއިރު އެ ޓީމުން ވަނީ މި ސީޒަނަށް ތަޖުރިބާކާރު މުހިންމު ކުޅުންތެރިންތަކެއް ހޯދައިފަ އެވެ.
ކޯޗު އިސްމާއިލް މަހުފޫޒް (އިންމަ)ގެ އިރުޝާދުގެ ދަށުން ޓީމު އަންނަނީ ވަރަށް ރަނގަޅަށް ތައްޔާރުވަމުންނެވެ.
އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ ޗެރިޓީ މެޗް ކުޅޭނީ ދެލެގަށެވެ. ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށްގެންދާ މި މެޗްގެ ފުރަތަމަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ފޯކައިދޫ ފުޓުބޯޅަ ދަނޑުގައި އަންނަ މަހުގެ 7 ވަނަ ދުވަހު އެވެ. ދެވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 10 ވަނަ ދުވަހު ގަލޮޅު ރަސްމީދަނޑުގައެވެ.
da grande DPL2019-20 New Radiant Sports Club