News

އަފްގާނިސްތާންގެ ގައުމީޓީމުގެ ގޯލް ކީޕަރު މާޒިޔާ އަށް ސޮއިކޮށްފި

23 މެއި 2019






އަފްގާނިސްތާންގެ ގައުމީ ޓީމުގެ އެއްނަންބަރު ގޯލްކީޕަރު އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި މާޒިޔާ ސްޕޯޓްސް ކުލަބް އާއި އެކު ސޮއިކޮށްފިއެވެ. 

މާޒިޔާގެ އޮފިޝަލެއް ވަނީ އަފްގާނިސްތާންގެ ގައުމީ ޓީމުގެ ގޯލްކީޕަރު އޮވޭސް އަޒީޒީ މާޒިޔާއަށް ގެންނަން ނިންމާފައިވާކަން ބޯޅަ.އެމްވީ އަށް ޔަގީން ކޮށްދީފައެވެ. އޮވޭސް އަޒީޒީ ގައުމީޓީމަށް ނަގާފައިވަނީ 2015 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްއަށް ނެގި ސްކޮޑްގައި ޕީޓަރ ސެގަރޓްގެ ކޯޗްކަމުގެ ދަށުންނެވެ.

މާޒިޔާ އިން މިއަހަރު ވަނީ އެޓީމަށް ކުރިން ކޯޗްކަން ކޮއްދިން މަރްޖާން ސެކްލޮވްސްކީ ގެނެސް ޓީމުގެ ފަރިތަކުރުންތައް ފަށާފައެވެ. މާޒިޔާ މިފަހަރުގެ ސީޒަން ފަށާނީ ވަރުގަދަ ސްކޮޑަކާއި އެކުއެވެ.

މިއަހަރުގެ ސީޒަން ފަށާމެޗްގައި ބައްދަލުކުރާނީ މިނިވަން ޗެމްޕިއަންޝިޕްގެ ރަނަރަޕް ފޯކައިދޫ އެފްސީއާއި ޕްރިމިޔަ ލީގްގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބެވެ.

އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ ޗެރިޓީ މެޗް ކުޅޭނީ ދެލެގަށެވެ. ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށްގެންދާ މި މެޗްގެ ފުރަތަމަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ފޯކައިދޫ ފުޓުބޯޅަ ދަނޑުގައި އަންނަ މަހުގެ 7 ވަނަ ދުވަހު އެވެ. ދެވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 10 ވަނަ ދުވަހު ގަލޮޅު ރަސްމީދަނޑުގައެވެ.

 

 

 

 

DPL2019-20 Maziya Sports and Recreation Club

Leave a Comment:

Comments will be published after moderation.