News
ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމަށް އެންމެންގެ ހީނާ ކޯޗް
22 މެއި 2019
ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަގާމަށް ރައީސުލް ޖުމްހޫރިއްޔާ މިއަދު ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.
މި މަގާމަށް އައްޔަން ކުރެއްވީ ރާއްޖޭގެ ފުޓުބޯޅައަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ އަހުމަދު ސަލީމް (ހީނާ ކޯޗް) އެވެ. މިއީ ޑެޕިއުޓީ މިނިސްޓަރުން ފެންވަރުގެ މަގާމެކެވެ.
ހީނާ ކޯޗަކީ އަމިއްލަ އެކަޑަމީއެއް ތައާރަފްކޮށް އެތައް ކުދިންނަކަށް ފުޓުބޯޅަ ދަސްކޮށްދިނުމުގައި މިހާރުވެސް މެދުކެނޑުމެއް ނެތި ޚިދުމަތް ކުރަމުންދާ ބޭފުޅެކެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކުޅިވަރާއި ގުޅުންހުރި އެކި އެކި ޓްރެއިނިންތައް ހީނާ ވަނީ ފުރިހަމަ ކުރައްވާފައެވެ. ރާއްޖޭގެ ފުޓުބޯޅައިގަ ޔޫތު ޑިވެލޮޕްމަންޓްގެ ހަރަކާތްތައް އެންމެ ގިނަ ދުވަހު ކުރިޔަށް ގެންދެވި އެއް ބޭފުޅަކީ ހީނާ ކޯޗެވެ.
އަރަމުން އަންނަ ގިނަ ޒުވާން ކުޅުންތެރިން ތަމްރީން ކޮށްފައިވާ ހީނާ އަހުމަދު ސަލީމަކީ 2018 ވަނަ އަހަރު ކުޅިވަރަށް ޚިދުމަތް ކޮށްދިނުމުގެ ދާއިރާއިން ގައުމީ އިނާމު ހާސިލްކޮށްފައިވާ ބޭފުޅެކެވެ.