News

ވޮލީބޯޅަ އެސޯސިއޭޝަނުގެ ޓެކްނިކަލް ޑިރެކްޓަަރގެ މަގާމުން ވަކިވުމަށްއެދި ޖައްލަ ހުށަހަޅައިފި

22 މެއި 2019






ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުން އިބްރާހިމް ޖަލީލް (ޖައްލަ) އިސްތިއުފާދީފި އެވެ.

 

 ޖައްލަ މަގާމުން ވަކިވީ ލީޑަޝިޕާ މައްސަލަތަކެއް ޖެހިގެން ނޫން ކަމަށާއި އެއީ ވޮލީބޯޅަ ކޯޗިން އަށް ވަގުތު ހުސް ކުރުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް ވަނީ ބުނެފަ އެވެ. އޭނާގެ އަމާޒަކީ ޒުވާން ކުޅުންތެރިން ކުރިއެރުވުމާއި ގިނަ ކުޅުންތެރިންތަކަށް ފުރުސަތު ހޯދައިދިނުން ކަމަށްވާއިރު ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުގައި ހުރެގެން އެކަން ނުވާނެކަމަށް ޖައްލަ ވަނީ ބުނެފައެވެ.

ޖައްލަ ބުނީ ދެން އޭނާ ފެންނާނީ އެކި އުމުރުފުރާ ތަކުގެ ކޯޗުގެ މަގާމުން ކަމަށެވެ. މީގެ ކުރިން ވެސް ޖައްލަ ވަނީ އަންހެން ގައުމީ ޓީމުގައި ގިނަ މަސައްކަތްތަކެއްކޮށްފަ އެވެ.

ޖައްލަ އަކީ ގިނަ ކުޅުންތެރިން އުފައްދާފައިވާ ކޯޗެކެވެ. ރާއްޖޭގެ ވޮލީ އަންހެން އަދި ފިރިހެން ހިމެނޭގޮތަށް ގައުމީ ޓީމުތަކުގައި އެކި ލެވަލްގައި ޖައްލަވަނީ ޚިދުމަތްކޮއްދީފައެވެ. ޖައްލަ މިހާރު ޓްރެއިނިން ދެމުންދަނީ 23 އަހަރުންދަށުގެ ގައުމީ ޓީމަށެވެ. އެޓީމް ތައްޔާރުވަމުން ދަނީ ޖުލައި މަހު ވިއެޓްނާމުގައި ބާއްވާ 23 އަހަރުން ދަށުގެ މުބާރާތަށެވެ.



Leave a Comment:

Comments will be published after moderation.