News
އިންމަވެސް އަދި ގޮތެއް ނުނިންމާ
21 މެއި 2019
.ދާދި ފަހަކާ ޖެހެނދެން އަޅުގަނޑު މެންގެ އެއްވަނަ ކީޕަރް ކަން ކުރި އިމްރާން މުޙަމަދް (އިންމަ) ވެސް ހުރީ އަދި ކުލަބަކާއި ނުގުޅި ހުހަށެވެ
ެ.ބޯޅަޔަށް މަޢުލޫމާތު ދެއްވަމުން އިންމަ ބުނީ އަދި ކުޅުމާއި ދޭތެރޭގައިވެސް ހުރީ ދެ ޚިޔާލެއްގައި ކަމަށެވ
.އޭގެ އިތުރުން އިންމަ މިހާރު ދިވެހި ރާއްޖޭގައި ފުޓުބޯޅަޔަށް އޮތް ފޯރިޔާ ދޭތެރޭ ސުވާލު އުފެއްދިއެވެ. މެޗުތައް ކުރިޔަށް ދާވަގުތު ދަނޑުވެސް ހުސްކޮށް އޮންނަ ކަން ފާހަގަކުރިއެވެ
އިންމަ މި ދިވެހި ޤައުމަށް ނުހަނު ދުވަސް ވަންދެން ޚިދުމަތް ކޮށްދިނެވެ. މިހާރު އުމުރުން 37 އަހަރުގެ އިންމަ ބުނީ ނުރަސްމީ ގޮތެއްގައި ބައެއް ކުލަބް ތަކާއި ވާހަކަ ދެކެވުނުކަމަށެވެ. ނަމަވެސް އެއްވެސް ރަސްމީ މުޢާމަލާތެއް ނުހިނގާ ކަމަށެވެ. އަދި އޭނާ ބުނީ ކުލަބަކުން އޭނަޔަށް ހުށަހަޅައިފިނަމަ އޭނާ އެކަމާ މެދު ވިސްނާނެ ކަމަށެވެ