News

ދާނެ ކްލަބެއް ނެތް: ކީޕަރ ފައިސަލް

21 މެއި 2019






މި ސީޒަނުގައި އަދި ކުޅޭނެ ޓީމެއް ނެތްކަމަށް ރާއްޖޭގައި އުފެދުނު މޮޅު ކީޕަރުންގެ ތެރޭގައި ހިމެނޭ ރާއްޖޭގެ ގައުމީ ޓީމުގެ އެއްނަންބަރު ގޯލްކީޕަރ މުހައްމަދު ފައިސަލް ބުނެފިއެވެ.

ބޯޅަ އެމްވީ އަށް މައުލޫމާތު ދެމުން ފައިސަލް ބުނީ އޭނާ އަދި ހުރީ އެއްވެސް ޓީމެއްގެ ކޮންޓްރެކްޓެއްގައި ނޫކަމަށެވެ. ފައިސަލް މިދިޔަ ސީޒަންގައި ފެނިގެންދިޔައީ ނިއުރޭޑިއަންޓްގެ ދެވަނަ ކީޕަރުގެ ގޮތުގައެވެ. ފައިސަލް ބުނީ ދެޓީމަކުން ވާހަކަ ދައްކި ކަމަށާއި ނަމަވެސް އަދި އެޓީމުތަކުގެ ޚަބަރެއް އަދި ނުވާކަމަށެވެ.

މިހާރު ޓީމުތަކަށް ނުގޮސްތިބި މައްޝޫރު ކުޅުންރިންގެ ތެރޭގައި ރާއްޖޭގައި އުފެދުނު މޮޅު ގޯލްކީޕަރު އިމްރާން މުޙައްމަދު( އިއްމަ) އަދި އަލީ ފާސިރު (ސެންޓޭ) ހިމެނެއެވެ. މި ތިން ކުޅުންތެރިންނަކީވެސް މިދިޔަ ސީޒަނުގައި ނިއުރޭޑިއަންޓްގެ ޖާޒީގައި ފެނިގެން ދިޔަ 3 ކުޅުންތެރިންނެވެ.

ކުޅުންތެރިންނަށް މުސާރަ ނުދޭތީ ނިއުރޭޑިއަންޓް މި ސީޒަނަށް ސަސްޕެންޑް ކުރުމާއި ގުޅިގެން އެޓީމަށް ކުޅުނު ގިނަ ކުޅުންތެރިން މިހާރު ވަނީ އެހެންޓީމް ތަކަށް ގޮސްފައެވެ.

މިއަހަރުގެ ސީޒަން ފަށާމެޗްގައި އަންނަ މަހުގެ 7 ވަނަ ދުވަހު ބައްދަލުކުރާނީ މިނިވަން ޗެމްޕިއަންޝިޕްގެ ރަނަރަޕް ފޯކައިދޫ އެފްސީއާއި ޕްރިމިޔަ ލީގްގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބެވެ.

އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ ޗެރިޓީ މެޗް ކުޅޭނީ ދެލެގަށެވެ. ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށްގެންދާ މި މެޗްގެ ފުރަތަމަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ފޯކައިދޫ ފުޓުބޯޅަ ދަނޑުގައެވެ. ދެވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 10 ވަނަ ދުވަހު ގަލޮޅު ރަސްމީދަނޑުގައެވެ.

 



Leave a Comment:

Comments will be published after moderation.