News
ސެންޓޭ ކުޅޭނެ ޓީމެއް އަދިވެސް ނުނިންމާ
21 މެއި 2019
ރާއްޖޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަދި ރާއްޖޭގެ ގައުމީ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިއެއް ކަމަށްވާ އަލީ ފާސިރު (ސެންޓޭ) މި ސީޒަނުގައި ކުޅޭނެ ޓީމެއް އަދި ފައިނަލް ނުވާކަމަށް އޭނާ ބުނެފިއެވެ.
ބޯޅަ އެމްވީ އަށް މައުލޫމާތު ދެމުން ސެންޓޭ ބުނީ އޭނާ އަދި ހުރީ ނިއުރޭޑިއަންޓްގެ ކޮންޓްރެކްޓްގައި ކަމަށެވެ. ނަމަވެސް ނިއު ސަސްޕެންޝަންގައި އޮތުމުން އެހެން ޓީމަކުން ފެނިގެން ހިނގައިދާނެކަމަށް ސެންޓޭ ބުންޏެވެ. ސެންޓޭ ބުނީ ދެޓީމަކާއި އެކު ވާހަކަ ދައްކަމުންދާ ކަމަށާއި ނަމަވެސް އަދި ވަކި ގޮތެއް ނުނިންމާކަމަށެވެ.
މިހާރު ޓީމުތަކަށް ނުގޮސްތިބި މަޝްހޫރު ކުޅުންރިންގެ ތެރޭގައި ރާއްޖޭގައި އުފެދުނު މޮޅު ގޯލްކީޕަރުންގެތެރޭގައި ހިމެނޭ މިދިޔަ ސީޒަނުގައި ނިއުރޭޑިއަންޓުން ފެނިގެންދިޔަ މުހައްމަދު ފައިސަލް ހިމެނެއެވެ.
ކުޅުންތެރިންނަށް މުސާރަ ނުދޭތީ ނިއުރޭޑިއަންޓް މި ސީޒަނަށް ސަސްޕެންޑް ކުރުމާއި ގުޅިގެން އެޓީމަށް ކުޅުނު ގިނަ ކުޅުންތެރިން މިހާރު ވަނީ އެހެންޓީމް ތަކަށް ގޮސްފައެވެ.
މިއަހަރުގެ ސީޒަން ފަށާމެޗްގައި އަންނަ މަހުގެ 7 ވަނަ ދުވަހު ބައްދަލުކުރާނީ މިނިވަން ޗެމްޕިއަންޝިޕްގެ ރަނަރަޕް ފޯކައިދޫ އެފްސީއާއި ޕްރިމިޔަ ލީގްގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބެވެ.
އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ ޗެރިޓީ މެޗް ކުޅޭނީ ދެލެގަށެވެ. ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށްގެންދާ މި މެޗްގެ ފުރަތަމަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ފޯކައިދޫ ފުޓުބޯޅަ ދަނޑުގައެވެ. ދެވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 10 ވަނަ ދުވަހު ގަލޮޅު ރަސްމީދަނޑުގައެވެ.