News

ނިލަންދޫ މިއަހަރުގެ ޕްރިމިއަރ ލީގުން ފެންނާނެ

21 މެއި 2019






މިއަހަރުގެ ޕްރިމިޔަރ ލީގުން ފ. ނިލަންދޫ ޓީމް ފެންނާނެ ކަމަށް އެޓީމުން ހާމަކޮށްފިއެވެ.

 

ބޯޅަ އެމްވީއަށް މައުލޫމާތު ދެއްވަމުން ފ. ނިލަންދޫ، ޖަމިއްޔަތުއް ޝަބާބު ނިލަންދޫގެ ރައީސް އަބްދުލް މަޖީދު ވިދާޅުވީ ނިލަންދޫ ޓީމަށް ދިމާވެފައިވާ އިދާރީ މައްސަލަތައް ހައްލުކޮށް ޕްރިމިއަރ ލީގަށް އެޓީމު ވަރަށް އަވަހަށް ތައްޔާރުވާން ފަށާނެކަމަށެވެ.

އަންނަ މަހުގެ 7 ވަނަ ދުވަހު ޕްރިމިއަރ ލީގް ފަށާއިރު އެމުބާރާތުގައި ކުޅޭ 10 ކްލަބްގެ ތެރެއިން ނުވަ ކްލަބުން ވަނީ މުބާރާތަށް ތައްޔާރުވުމަށް ފަރިތަކުރުންތައް ފަށާފައެވެ. ފަރިތަކުރުންތައް ނުފަށާ ހަމައެކަނި ކްލަބަކީ މިނިވަން ޗެމްޕިއަންޝިޕް އިން ޕްރިމިއަރ ލީގަށް ކޮލިފައިވި ފ. ނިލަންދޫޓީމެވެ.

ނިލަންދޫ ޓީމަށް ދިމާވެގެން އުޅޭ މައްސަލައަކީ މިފަހުން ކުޅިވަރުގެ ގާނޫނަށް އައި ބަދަލުތަކާއިހެދި މުބަރާތުގެ ގަވާއިދާއި އެކުލަބުގެ ހިންގާ ގަވައިދުގައި ހުރި ފުށުއެރުމެކެވެ.

މިއަހަރުގެ ސީޒަން ފަށާމެޗްގައި ބައްދަލުކުރާނީ މިނިވަން ޗެމްޕިއަންޝިޕްގެ ރަނަރަޕް ފޯކައިދޫ އެފްސީއާއި ޕްރިމިޔަ ލީގްގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބެވެ.

އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ ޗެރިޓީ މެޗް ކުޅޭނީ ދެލެގަށެވެ. ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށްގެންދާ މި މެޗްގެ ފުރަތަމަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ފޯކައިދޫ ފުޓުބޯޅަ ދަނޑުގައި އަންނަ މަހުގެ 7 ވަނަ ދުވަހު އެވެ. ދެވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 10 ވަނަ ދުވަހު ގަލޮޅު ރަސްމީދަނޑުގައެވެ.

 

 



Leave a Comment:

Comments will be published after moderation.