News

19 އަހަރުން ދަށުގެ ދިވެހި ޓީމް ގަލްފުގެ ގަދަބާރުތަކާ ދެކޮޅަށް

20 މެއި 2019






މީގެ ހަފްތާއެއްހާ ދުވަސް ކުރިން މޭ މަހުގެ 9ވަނަ ދުވަހު މެލޭޝިޔާގެ ވެރިރަށް ކުއާލަ ލަމްޕޫރުގައި ހުންނަ އޭ.އެފް.ސީ ހައުސްގައި 19 އަހަރުން ދަށުގެ އޭ.އެފް.ސީ މުބާރާތުގައި ވާދަކުރާ ޤައުމުތަކުގެ މެދުގައި ނެގި ގުރުގައި ރާއްޖެ ލައްވާލީ ތަޖިކިސްތާނާއި، ލުބްނާން އަދި ސީރިޔާއާއެކު ގްރޫޕް ސީ ގައެވެ.

މުޅިއަކު 46 ޤައުމެއް ވާދަކުރާ މިމުބާރާތުގެ ގުރު ނެގުނީ ދެބަޔަކަށް ޤައުމުތަށް ބަހާލުމަށް ފަހުގައެވެ. އެއީ އިރުމަތީ ޒޯނާއި ހުޅަނގު ޒޯނެވެ. ދިވެހިރާއްޖެ ލައްވާލީ ހުޅަނގު ޒޯންގައެވެ. މި ޒޯންގައި ރާއްޖެއާއެކު 24 ޓީމް ހިމެނޭއިރު އިރުމަތީ ޒޯންގައި ހިމެނެނީ 21 ޓީމެވެ.

ހުޅަނގު ޒޯންގެ އެހެން ގްރޫޕްތަކަށް ބަލާލާއިރު ގްރޫޕް އޭ ގައި މުބާރާތް 5 ފަހަރަށް ކާމިޔާބުކޮށްފައިވާ އިރާޤާއެކު ފަލަސްތީން، ޕާކިސްތާން، ކުވައިތު އަދި އޮމާން ހިމެނެއެވެ. ގްރޫޕް ބީގައި މިދިޔަ އަހަރުގެ ސެމީ ފައިނަލްގައި ކުޅުން ޤަތަރުގެ އިތުރުން ހިމެނެނީ އަވަށްޓެރި ލަންކާ، ތުރްކަމަނިސްތާން އަދި ޔަމަންއެވެ.

މުބާރާތް 4 ފަހަރަށް ކާމިޔާބު ކޮށްފައިވާ އިރާން ހިމެނެނީ ނޭޕާލް، ކިރިގިސްތާން އަދި ޔޫ.އޭ.އީ އާއެކު ގްރޫޕް ޑީގައެވެ. ގްރޫޕް އީގައި ހިމެނެނީ ބަހުރައިންގެ އިތުރުން ބޫޓާން، ބަންގްލަދޭޝް އަދި ޖޯޑަންއެވެ. ހުޅަނގު ޒޯންގެ ފަހު ގްރޫޕްގައި ހިމެނެނީ ތަށި ދިފާއުކުރަން ނިކުންނަ ސައުދީ، އަފްޣާނިސްތާން އަދި އުޒްބަކިސްތާނާއި އިންޑިޔާއެވެ.

މިފަދަ ބާރުތަކާ ދެކޮޅަށް ދިވެހި ޒުވާން ޓީމް ނިކުންނައިރު ޓީމަށް އޮތް ޕްރެޝަރ ހަމަ ގައިމުވެސް ބޮޑުވާނެއެވެ. 19 އަހަރުން ދަށުގެ ޓީމްގެ ފަރިތަކުރުންތައް ވަރަށް އަވަހަށް ފަށާނެ ކަމަށް ބެލެވެއެވެ. މި ޓީމްގައި ނިމިދިޔަ 19 އަހަރުން ދަށުގެ ޔޫތު އެފް.އޭ.އެމް ޔޫތު މުބާރާތް އަދި 18 އަހަރުން ދަށުގެ މަމެން އިންޓަރ ސްކޫލް ފުޓުބޯޅަ މުބަރާތުން ވިދާލި ކުޅުންތެރިން ޓްރަޔަލް ފަރިތަކުރުންތަކަށްފަހު ރަސްމީ ސްކޮޑް އިއުލާން ކުރާއިރު ފެނިގެންދާނެއެވެ.

AFC AFC U19 CHAMPIONSHIP Maldives National Team Towards Future U-19

Leave a Comment:

Comments will be published after moderation.