News

އީގަލްސް އަދި ވެލެންސިޔާއަށް ކުޅުނު ނާއްޕެ މިފަހަރު ފޯކައިދޫ އެފްސީއަށް

19 މެއި 2019






 އީގަލްސް އެއްވެސް މެޗްއަކުން ބަލިނުވެ ޕްރެސިޑެންޓް ކަޕް ކާމިޔާބު ކުރި ޓީމުގައި ހިމެނޭ ފޯވަރޑް އަޙްމަދު ނައުފަލް (ނާއްޕެ) ފޯކައިދޫ އެފްސީ އަށް ރޭ ސޮއިކޮށްފިއެވެ.

ބޯޅަ އެމްވީއަށް މައުލޫމާތު ދެމުން މިދިޔަ އަހަރު ވެލެންސިޔާއިން ފެނިގެންދިޔަ ނާއްޕެ ބުނީ ފޯކައިދޫ އެފްސީއަށް ދާން ނިންމީ ފޯކައިގޫގައި ޒުވާން ޓީމެއް އޮތުމުންކަމަށެވެ. ނާއްޕެ ބުނީ ފޯކައިދޫއަކީ ޒުވާން ކުޅުންތެރިންނަށް ގިނަ ފުރުސަތުދޭ ކްލަބެއްކަމަށެވެ. ނާއްޕެ ސޮއިކުރިކަން ފޯކައިދޫ އެފްސީގެ މެނޭޖަރ އަޙްމަދު އާސިފް ވެސް ވަނީ ބޯޅަ އެމްވީއަށް ޔަގީން ކޮށްދެއްވާފައެވެ.

އަދި މީގެ އިތުރުން ކުރީގެ އީގަލްސްގެ އެސިސްޓެންޓް ކޯޗް އަދި މިހާރު ފޯކައިދޫގެ ހެޑް ކޯޗް އަލީ ނިސްތާރު މުޙައްމަދާއި ކުރީގަ އީގަލްސްގައި އުޅުނުއިރު އެންމެ ގާތްކޮށް އުޅުނު ބައެއް ކުޅުންތެރިން ފޯކައިދޫގައި ތިބުމަކީވެސް އެޓީމަށް އަންނަން ބޭނުންވި ސަބަބުތައް ކަމަށް ނާއްޕެ ބުންޏެވެ.

އީގަލްސް އެއްވެސް މެޗްއަކުން ބަލިނުވެ ޕްރެސިޑެންޓް ކަޕް ކާމިޔާބު ކުރި ޓީމުގައި ހިމެނޭ ބައެއް ކުޅުންތެރިން ވަނީ މިފަހަރު ފޯކައިދޫއާއި ގުޅިފައެވެ. އޭގެތެރޭގައި ބައެއް މައްޝޫރު ކުޅުންތެރިންގެތެރޭގައި އަންސަރު އިބްރާހިމް(އަންކޮ) އާއި އަފްލާހްގެ އިރުތުން ހަސީބް އަދި ބިދޭސީ ކުޅުންތެރިއެއް ކަމަށްވާ މުސްތަފާ ސެޑިކް ހިމެނެއެވެ.

" ފޯކައިދޫ އެފްސީ ބިނާ ވެފައި އޮންނަނީ ޒުވާން ކުޅުންތެރިންގެ މައްޗަށް. އެއީ އެއް ސަބަބު. އީގަލްސް އަށްފަހު އަނެއްކާވެސް ނިސްތާރު ކޯޗާއެކު މަސައްކަތް ކޮށްލަން ލިބުމާއި އެއްކޮށް އުޅޭ ބައެއް ކުޅުންތެރިން ފޯކައިދޫއަށް މިފަހަރު ސޮއިކޮށްފި" ކަމަށް ނާއްޕެ ބުންޏެވެ.

މިދިޔަ އަހަރާއި ޚިލާފަށް ފޯކައިދޫ އިން ދަނީ އެޓީމަށް މައްޝޫރު ކުޅުންތެރިން ގެނެސް ޓީމު ވަރުގަދަ ކުރަމުންނެވެ. މިއަހަރުގެ ސީޒަން ފަށާމެޗްގައި ބައްދަލުކުރާނީ މިނިވަން ޗެމްޕިއަންޝިޕްގެ ރަނަރަޕް ފޯކައިދޫ އެފްސީއާއި ޕްރިމިޔަ ލީގްގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބެވެ.

އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރުގެ ޗެރިޓީ މެޗް ކުޅޭނީ ދެލެގަށެވެ. ހޯމް އެންޑް އަވޭ އުސޫލުން ކުރިޔަށްގެންދާ މި މެޗްގެ ފުރަތަމަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ފޯކައިދޫ ފުޓުބޯޅަ ދަނޑުގައި އަންނަ މަހުގެ 7 ވަނަ ދުވަހު އެވެ. ދެވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 10 ވަނަ ދުވަހު ގަލޮޅު ރަސްމީދަނޑުގައެވެ.

ކްލަބް އީގަލްސް ފޯކައިދޫ ފުޓްބޯޅަ ކްލަބް

Leave a Comment:

Comments will be published after moderation.