News

ކަހުރަބާ ޓީސީއަށް ސޮއިކޮށްފި

18 މެއި 2019






މިދިޔައަހަރު ފޯކައިދޫއިން ފެނިގެން ދިޔަ މިސްރުގެ މުސްތަފާ(ކަހުރަބާ) މިސީޒަނުގައި ޓީސީއަށް ކުޅުމަށް ސޮއިކޮށްފިއެވެ.

ބޯޅަ އެމްވީއަށް މައުލޫމާތު ދެއްވަމުން ޓީސީގެ ރައީސް އަހްމަދު އައްބާސް (އައްބު) ވިދާޅުވީ ކަހުރަބާ ޓީސީއަށް ގެންނަން ނިންމައި މިހާރު ކޮންޓްރެކްޓްގައި ސޮއިކޮށްފައިވާ ކަމަށެވެ. އައްބު ވިދާޅުވީ ކަހުރަބާ ގެންނަން ޓީސީއިން ނިންމީ ފޯކައިދޫގައި އޭނާ ދެއްކި ކުޅުމަށްބަލާ ޓީސީގެ އެޓޭކް ލައިންގެ 3 މީހުން ޓީސީ އިން ގޮސްފައިވާތީ އެތަން ފޫބައްދަންކަމަށެވެ. އައްބު ވިދާޅުވީ ކަހުރަބާ އަކީ ރާއްޖެ ގެނައި ބިދޭސީ ކުޅުންތެރިންގެ ތެރެއިން ތަފާތު މޮޅު ކުޅުމެއް ދެއްކި ފުޓުބޯޅަ ކުޅުންތެރިއެއްކަމަށެވެ.

" ކަހުރަބާ އަކީ ތަފާތު މީހެއް. އެހެންވެ ކަންނޭގެ ރާއްޖޭގައި ހުއްޓާ ސައުދީޓީމަކުން ބޮޑުއަގެއްދީފައި ގެންދާނީވެސް" އައްބު ވިދާޅުވިއެވެ. އައްބު ވިދާޅުވީ އަންނަ ހަފްތާތެރޭ ކަހުރަބާ މާލެ އައިސް ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާނެކަމަށެވެ.

ކަހުރަބާ އަކީ ވަރަށް އަވަސް ކުޅުމެއް ކުޅޭ ގޯލާއި ރައްޓެހި އެޓޭކަރެކެވެ. ފޯކައިދޫގައި ކަހުރަބާ ވަނީ ތަފާތު ކުޅުމެއް ދައްކާފައެވެ. ފޯކައިދޫގައި ހުއްޓާ ސައުދީ ކްލަބަކުން ބޮޑު އޮފަރ އެއްލިބުމުން ފޯކައިދޫ މެނޭޖްމަންޓުން ވަނީ އޭނާ އެކްލަބަށް ދާން ދޫކޮށް ލާފައެވެ.

އަލީ ނިސްތާރު މުޙައްމަދުގެ ކޯޗްކަމުގެދަށުން ފޯކައިދޫއިން ވަނީ ކަހުރަބާއާއި އެކު މިދިޔަ ސީޒަނުގައި ބޮޑެތި ޓީމްތަކަށް ރަނގަޅު ފައިޓެއްދީފައެވެ.

 



Leave a Comment:

Comments will be published after moderation.