News

ޤައުމީ 16 އަހަރުން ދަށުގެ ޓީމްގެ ފަރިތަކުރުންތައް ފަށައިފި

18 މެއި 2019






ޤައުމީ 16 އަހަރުން ދަށުގެ ޓީމްގެ ފަރިތަކުރުންތައް ކުރިޔާލާ ފަށައިފިއެވެ. ކުރިއަށް އޮތް މުބާރާތްތަކައް ތައްޔާރުވުމަށެވެ.

ޖުމްލަ 40 ވުރެ ގިނަ ޒުވާން ކުޅުންތެރީންނާ އެއްކޮށް ފަށާފައި ވާއިރު، މިޓީމުގައި މިދިޔަ އަހަރުގެ ޤައުމީ 15 އަހަރުން ދަށުގެ ޓީމުގައި ހިމެނުނު ކުޅުންތެރީންނާއި، މިއަހަރުގެ މަމެން 15 އަހަރުން ދަށުގެ އިންޓަރ ސްކޫލުގައި ވިދާލި ކުޅުންތެރީން ފާހަގަ ކޮށްލެވެއެވެ. ފަރިތަކުރުންތައް އަންނަނީ އާންމު އަސޫލެއްގެ މަތީން ރޭގަނޑު ހެންވޭރު ދަނޑުގައި ބޭއްވެމުންނެވެ. ފަރިތަކުރުންތައް ބަރާބަރަށް ސުޕަރވަޒް ކުރުއްވަނީ ސީދާ އެފް.އޭ.އެމް ގެ ޓެކްނިކަލް ޑިރެކްޓޯރ އިހްސާން އަބްދުލް ޣަނީ (ސާންތި) އެވެ. އަދި އޭނާ އަށް އެހީވުމަށް ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗް އަހްމަދް ޝާކިރް (ޝަކިއްޓޭ) ހުރެއެވެ.

ޓީމުގެ ކޯޗަކީ އޭ-ލައިސެންސް ކޯޗެއް ކަމައްވާ އާދަމް ހަލީމް (ޖަޑާ) އެވެ. މިދިޔަ އަހަރުވެސް ހަމަ ޤައުމީ 15 އަހަރުން ދަށުގެ ޓީމުގެ ކޯޗެވެ. އޭނާއަށް އެހީވުމަށް އަދި 2 ކޯޗުން ތިބެއެވެ. އެއީ މުޙައްމަދް ފަރީދާއި އިބްރާހިމް ސަޢީދް (ކަކާ) އެވެ. ފަރީދަކީ ބީ-ލައިސަންސް ކޯޗެކެވެ. އަދި ކުރީގެ ކުޅުންތެރިއެއްވެސް މެއެވެ. މިހާރު އެއީ  މާއްޓެ އެކެޑެމީގެ ޑިވެލޮޕްމެންޓް ކޯޗެވެ. ދެން މިހިރީ ކަކާ އެވެ. މީނާ އަކީ މިހާރު ޒުވާނުންގެ ތެރޭގައި ވަރަށް މަޤްބޫލް ކޯޗެކެވެ. އަދި ކޯޗުންގެ ތެރޭގައިވެސް އަރަމުން އަންނަ ތަރިއެކެވެ. މީނާ ވަނީ ވިލާ އިންޓާރނޭޝަނަލް ހައި ސްކޫލަށް 18 އަހަރުން ދަށުގެ އިންޓާރ ސްކޫލް މުބާރާތުގައި ދެ ތަށި ހާސިލް ކޮއްދީފައެވެ. އަދި މިއަހަރުގެ އެފް.އޭ.އެމް 21 އަހަރުން ދަށުގެ ޗެމްޕިއަންޝިޕް ތަށިވެސް ވަނީ އީގަލްސް އަށް ކާމިޔާބު ކޮއްދީފައެވެ.

މި ޓީމް މިފަހަރު ވަނީ ޔޫއެފްއާގެ އެހީތެރިކަމާއެކު ބާއްވާ މުބާރާތެއްގައި ކުޅުމަށް ހަމަޖެހިފައެވެ. މި މުބާރާތް އޮންނާނީ މި ޖުލައި މަހު އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭގައެވެ. އެއައްފަހު ދެން ކުޅުމައް ހަމަޖެހިފައި ވަނީ އޭއެފްސީ 16 އަހަރުން ދަށުގެ ޗެމްޕިއަންޝިޕް ކޮލިފިކޭޝަންސްގައި ގަލްފް ޖަޔަންޓުންނާ ދެކޮޅަށެވެ. އެއީ އޮގަސްޓު މަހުގަޔެވެ. އެ ނިމުމުން އޮކްޓޯބަރުގައި ދެން ކުޅުމަށް ހަމަޖެގހިފައިވަނީ 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައެވެ.



Leave a Comment:

Comments will be published after moderation.